20 Oct 2023, 16:05
ށ. ނަލަންދޫގައި ރިސޯޓު ހެދުމަށް ޓޫރިޒަމް މިނިސްޓްރީން އަނެއްކާވެސް ބީލަމަށް ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އެ ރަށް ބީލަމަށް ހުޅުވާލަން ކުރި އިއުލާނެއްގައި ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ 11:00 ގައި ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދިފައެވެ. އަދި އަންނަ މަހުގެ ހަ ވަނަ ދުވަހުގެ 10:00އަށް، އެ މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި އަންނަ ހޯމަ ދުވަހުގެ 12:00ގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލް[email protected]އަށް ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު ފޮނުވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ނަލަންދޫ އަކީ މީގެ ކުރިން ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ކުރުމަށް ދޫކޮށްފައި އޮތް ރަށެކެވެ. އެރަށުގެ ބޮޑުމިނުގައި 80 ހެކްޓަރު ހުރެއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މީގެ ކުރިން އެކި ފަހަރު މަތިން ވަނީ އެ ރަށުގައި ރިސޯޓު ހެދުމަށް ހުޅުވާލައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މިދިޔަ އޮގަސްޓު މަހު ވެސް އެ ރަށުގައި ރިޒޯޓެއް ހެދުމަށް ބީލަމަށް ހުޅުވާލިއެވެ.