09 Aug 2010, 12:45
19:00
ފަނޑިޔާރުންގެ ބިލް ފުރަތަމަ ފާސްކުރުމަށް އެމްޑީޕީން އެއްބަސްވުމުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ބޭއްވުމަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއެއްގައި މޫސަ ވިދާޅުވީ މި ގޮތަށް ނިންމެވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި ލަސްވަމުން ދިއުމާ ޤާނޫނީ ހުސްކަމަކަށް ޤައުމު އައިސްފައިވާތީ އެކަމަށް ހައްލެއް ހޯދައިދެއްވުމަށް ވާދަވެރި ޕާޓީތަކާ އެކު ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކަށް ފަހު ކަމަށެވެ. މޫސަ ވިދާޅުވީ މިހާރު އެއްބަސްވެފައިވާ ގޮތުން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެންމެ ފުރަތަމަ އެޖެންޑާކުރާނީ ފަނޑިޔާރުންގެ ބިލް ކަމަށާއި އަދި އެބިލް ފާސްކުރުމަށްފަހު ދެން އެބިލް ރައީސުލްޖުމްހޫރިއްޔާ އަރިހަށް ތަސްދީގު ކުރެއްވުމަށް ފޮނުއްވާނެ ކަމަށެވެ. އަދި އެއަށް ފަހު އުއްތަމަ ފަނޑިޔާރު ފާސްކުރުމާއި ސުޕްރީމް ކޯޓުގެ ބެންޗަށް ކަނޑައެޅުމަށް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ލަފައާއެކު ރައީސް ނަޝީދު ފޮނުއްވާ ހަ ނަމެއް ދިރާސާ ކުރުމުގެ މަސައްކަތް މާދަމާ ކުރެވޭނެ ކަމަށާއި މާދަމާ ރެއާ ހަމައަށް ޤާނޫނު އަސާސީގެ 145 ވަނަ މާއްދާގައި ބުނާ ސުޕްރީމް ކޯޓް ގާއިމްކުރެވޭނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
ޑީއާރުޕީގެ ތަރުޖަމާނު އަދި އެ ޕާޓީގެ އެއް ނާއިބު ރައީސް އިބްރާހީމް ޝަރީފު ވިދާޅުވީ ކުރިން ވެސް އެ ބިލްގެ ކަންތަތައް ކުރިއަށް ނުގެންދެވިފައި ވަނީ ފަނޑިޔާރުންނާ ބެހޭ ގާނޫނު ފާސްނުކޮށް، އެމްޑީޕީން އުއްތަމަ ފަނޑިޔާރު އައްޔަން ކުރަން އުޅުމުން ކަމަށާއި އެމްޑީޕީން ފުރަތަމަ އެ ގާނޫނު ފާސްކުރުމަށް އެއްބަސްވާނަމަ މާދަމާގެ ޖަލްސާ ވަރަށް އޮމާންކަމާ އެކު ކުރިއަށްދާނެ ކަމަށެވެ.
17:45
ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީގެ ދޫދިނުމާ އެކު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ފަނޑިޔާރުންގެ ބިލް ފުރަތަމަ ފާސްކުރުމަށް އިދިކޮޅު ފަރާތްތަކާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއެއްގައި މޫސަ ވިދާޅުވީ މި ގޮތަށް ނިންމެވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި ލަސްވަމުން ދިއުމާ ޤާނޫނީ ހުސްކަމަކަށް ޤައުމު އައިސްފައިވާތީ އެކަމަށް ހައްލެއް ހޯދައިދެއްވުމަށް ވާދަވެރި ޕާޓީތަކާ އެކު ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކަށް ފަހު ކަމަށެވެ. މޫސަ ވިދާޅުވީ މިހާރު އެއްބަސްވެފައިވާ ގޮތުން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެންމެ ފުރަތަމަ އެޖެންޑާކުރާނީ ފަނޑިޔާރުންގެ ބިލް ކަމަށާއި އަދި އެބިލް ފާސްކުރުމަށް ފަހު ދެން އެބިލް ރައީސުލްޖުމްހޫރިއްޔާ އަރިހަށް ތަސްދީގު ކުރެއްވުމަށް ފޮނުއްވާނެ ކަމަށެވެ. އަދި އެއަށް ފަހު އުއްތަމަ ފަނޑިޔާރު ފާސްކުރުމާއި ސުޕްރީމް ކޯޓުގެ ބެންޗަށް ކަނޑައެޅުމަށް ރައީސް ނަޝީދު ފޮނުއްވާ ހަ ނަމެއް ދިރާސާ ކުރުމުގެ މަސައްކަތް މާދަމާ ކުރެވޭނެ ކަމަށާއި މާދަމާ ރެއާ ހަމައަށް ޤާނޫނު އަސާސީގެ 145 ވަނަ މާއްދާގައި ބުނާ ސުޕްރީމް ކޯޓް ގާއިމްކުރެވޭނެ ކަމަށްވެސް މޫސަ ވިދާޅުވި އެވެ.
ޑީއާރުޕީގެ ތަރުޖަމާނު އަދި އެ ޕާޓީގެ އެއް ނާއިބު ރައީސް އިބްރާހީމް ޝަރީފު ދެންމެ ވިދާޅުވީ ކުރިން ވެސް އެ ބިލްގެ ކަންތަތައް ނުގެންދެވިފައި ވަނީ އެމްޑީޕީން ގާނޫނު ފަނޑިޔާރުންނާ ބެހޭ ގާނޫނު ފާސްނުކޮށް، އުއްތަމަ ފަނޑިޔާރު އައްޔަން ކުރަން އުޅުމުން ކަމަށާއި އެމްޑީޕީން ފުރަތަމަ ގާނޫނު ފާސްކުރުމަށް އެއްބަސްވާ ނަމަ މާދަމާގެ ޖަލްސާ ވަރަށް އޮމާން ކަމާ އެކު ކުރިއަށް ދާނެ ކަމަށެވެ.