ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރޭގައި ހަމަނުޖެހުން ހިންގި މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޗައިނާއަށް ނިސްބަތްވާ އަންހެނެއްކަމަށެވެ.

އެ މީހާ ވަނީ، އެއާޕޯޓު ތެރޭގައި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް، ތަންތަނަށް ކުޅުޖެހުން ފަދަ އަމަލުތައް ހިންގާފައިކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގައިދިޔަ ގޮތާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ފުލުހުން މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން މަސްތުވެގެން ތިބެ، ހަމަނުޖެހުން ހިންގުމުގެ މައްސަލަތައް ބައެއް ފަހަރު ފެންމަތިވެއެވެ.