އުރިދޫ މޯލްޑިވްސްގެ ޕްރިމިއާ ޕާޓްނަރު ޕެރިސް ސެއިންޓު ޖާމަން (ޕީއެސްޖީ)އާ ގުޅިގެން ލަކީޑްރޯއެއް މިއަދު ފަށައިފިއެވެ.

މި ހާއްސަ ލަކީޑްރޯއަކީ މިއަދުން ފެށިގެން ޑިސެމްބަރު 31 އާ ހަމައަށް އުރީދޫގެ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި، އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ލަކީޑްރޯއެކެވެ.

އުރީދޫއިން މިއަދު ފެށި ލަކީޑްރޯއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ/ ހުސެއިން އާއިޝް އަޝްރަފް

އެގޮތުން، މި ލަކީޑްރޯއިން ހޮވޭ ނަސީބުވެރި ފަރާތަކަށް ޕެރިހަށް ދިޔުމުގެ ދެކޮޅު ޓިކެޓާއި، ދެ ރެއާއި ތިން ދުވަހަށް ފުލް ބޯޑާ އެކު އެކޮމޮޑޭޝަންގެ އިތުރުން ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގެ އުރީދޫ ވީއައިޕީ ލައުންޖުން އަންނަ އަހަރުގެ 21 އޭޕްރީލްގައި އޮންނަ ޕީއެސްޖީއާއި ލިޔޯން މެޗު ބެލުމުގެ ފުރުސަތު ލިބޭނެއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ފުޓްބޯޅައަކީ ދިވެހިންގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދާފައިވާ ކުޅިވަރަކަށްވުމާ އެކު، މި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތަށް މިއީ ވަރަށް ހާއްސަ ތަޖުރިބާއެއް ކުރެވިގެންދާނެ ދަތުރެއްކަން ޔަގީންކުރައްވާ ކަމަށެވެ.

"މި ހާއްސަ އޮފާއަކީ ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނަމޫނާ މިސާލެއް،" ނިޔާޒް ވިދާޅުވިއެވެ.

ޕެރިހުގައި ޕީއެސްޖީއާއި ލިޔޯން މެޗު ލައިވްކޮށް ބަލައިލުމުގެ ފުރުސަތު ވަނީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހުޅުވާލައިފައެވެ.

އުރީދޫއިން މިއަދު ފެށި ލަކީޑްރޯއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ހުސެއިން އާއިޝް އަޝްރަފް

އަދި، ސުޕަނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއަފައިބަ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން އަޕްގްރޭޑް ކުރައްވާ ފަރާތްތަކަށް މި ލަކީޑްރޯގެ ބައިވެރިއަކަށް އޮޓޮމެޓިކުން ވެގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އުރީދޫއާ އަލަށް ގުޅޭ ކޮންމެ ކަސްޓަމަރަކަށް ވެސް ލަކީޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެއެވެ.

ޕީއެސްޖީއަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ.

ހަމައެއާ އެކު، މި ޕާޓްނަޝިޕްގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.