އެޕަލް އިން އެޕަލް ޕެންސިލް (2023) ތައާރަފުކޮށް، ދެވަނަ ޖީލުގެ އެޕަލް ޕެންސިލް މޮޑެލްއަށް ޚަރަދު ކުޑަ ގޮތެއް ތައާރަފުކޮށްފިއެވެ.

މި އާ ސްޓައިލަސްގައި ސްލީކް މެޓް ފިނިޝް އެއް ހިމެނޭއިރު، ފްލެޓް އެޖް އެއް އެކުލެވިގެންވެއެވެ. އަދި ޔޫއެސްބީ ޓައިޕް-ސީ ޕޯޓަކާ އެކު މި ޕެންސިލް، އައިޕެޑްތަކުގެ އަރިމައްޗަށް މެގްނެޓިކްކޮށް އެޓޭޗް ކުރެވޭނެއެވެ.

އެޕަލް ޕެންސިލް (2023) އަކީ މިދިޔަ އަހަރު ނެރުނު 10 ވަނަ ޖެނެރޭޝަންގެ އައިޕެޑާއި ޔޫއެސްބީ ޓައިޕް-ސީ ކަނެކްޓިވިޓީ ހިމެނޭ އެހެން އައިޕެޑް މޮޑެލްތައް ބޭނުންކުރާ މީހުންނަށް ބޭނުން ކުރަން ރަނގަޅު ޕެންސިލްއަކަށްވާއިރު، އޭގެ ތެރޭގައި އައިޕެޑް ޕްރޯ، އައިޕެޑް އެއާ އަދި އައިޕެޑް މިނީ ހިމެނެއެވެ. ދެވަނަ ޖީލުގެ އެޕަލް ޕެންސިލް އާ ޚިލާފަށް، 2023 ވަނަ އަހަރުގެ ވާޝަންގައި ވަޔަލެސްކޮށް ޗާޖު ނުކުރެވެއެވެ.

އާ ސްޓައިލަސްގެ ފަސޭހައަކީ އޭގެ އެންމެ މަތީގައި ހުންނަ ސްލައިޑިން މެކޭނިޒަމެއްގެ ފަހަތުގައިވާ ޔޫއެސްބީ ޓައިޕް-ސީ ޕޯޓެއް އިންޓަގްރޭޓް ކުރުމެވެ. ދެވަނަ ޖީލުގެ އެޕަލް ޕެންސިލް ފަދައިން ޒަމާނީ އައިޕެޑް މޮޑެލްތަކުގެ ސައިޑަށް ރައްކާތެރިކަމާއެކު އެޓޭޗް ކުރެވޭއިރު، ޕެއާކުރުމާއި ޗާޖިންއަށް ކޭބަލެއް ބޭނުންވެއެވެ.

އެޕަލް ޕެންސިލް (2023) އަކީ ދެވަނަ ޖީލުގެ އެޕަލް ޕެންސިލްގައި ވެސް ހިމެނޭ ފީޗާއެއް ކަމަށްވާ އެޕަލް ޕެންސިލް ހޯވާ މޯޑަށް ސަޕޯޓް ލިބޭ ފީޗާއެކެވެ. ނަމަވެސް ފުރަތަމަ އަދި ދެވަނަ ޖީލުގެ އެޕަލް ޕެންސިލްގައި ހުންނަ ޕްރެޝާ ސެންސިޓިވިޓީ އޭގައި ހިމަނާފައެއް ނުވެއެވެ.

އެޕަލް ޕެންސިލް (2023) -- ފޮޓޯ/ އެޕަލް

އެޕަލް ޕެންސިލް (2023) ގެ އަގު ހެޔޮވުމުގެ އަސްލަކީ ޕްރިމިއަމް މޮޑެލްގައި ހިމެނޭ ބައެއް ފަންކްޝަންތައް ނެތުންކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި ޕްރެޝަރު ސެންސިޓިވިޓީ ފީޗާ އާއި ޓޫލްސް ބަދަލުކުރަން ޑަބަލް ޓެޕް ކުރަން ޖެހުން ހިމެނެއެވެ. މީގެ އިތުރުން އެޕަލް ޕެންސިލް (2 ވަނަ ޖެނެރޭޝަން) އިން ލިބެން ހުންނަ ފީޗާއެއް ކަމަށްވާ އެންގްރޭވިން ވެސް އާ ސްޓައިލަސްއިން ނުލިބެއެވެ.

އެޕަލް ޕެންސިލް (2023) އަކީ އައިޕެޑް އެއާ (2020) އާއި އާ ވާޝަންތަކާއި އައިޕެޑް މިނީ (2021) އާއި އޭގެ 11 އިންޗި އާއި 12 އިންޗީގެ އައިޕެޑް ޕްރޯ (2018) އަދި އޭގެ ފަހުން ނެރުނު އައިޕެޑް (2022) ފަދަ އައިޕެޑް މޮޑެލްތަކާ ގުޅޭ މޮޑެލްތަކެކެވެ. އޭގެ ތެރޭގައި ހިމެނޭ ޔޫއެސްބީ ޓައިޕް-ސީ ޕޯޓް މެދުވެރިކޮށް ބްލޫޓޫތު އަދި ވަޔަޑް ކަނެކްޓިވިޓީ ބޭނުންކުރެވޭނެއެވެ. އެޕަލް ޕެންސިލް (2023)ގެ ދިގުމިނުގައި 155 މިލިމީޓަރު ހުންނައިރު، ބަރުދަނުގައި 20.5 ގްރާމް ހުރެއެވެ.

އެޕަލްއިން މިފަހަރު ތައާރަފު ކުރި އެޕަލް ޕެންސިލްގެ ބޭނުމަކީ އަގުހެޔޮ ސްޓައިލަސްއެއް ބޭނުންވާ މީހުންނަށް އެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމެވެ.