ބަތަލާ ކަރީނާ ކަޕޫރަށް ފަހު ބޮލީވުޑަށް ނުކުތް ފަހުގެ ޖީލުގެ ފިލްމީ ތަރިންގެ ތެރެއިން އެންމެ ކަމުދަނީ ބަތަލާ އާލިއާ ބަޓް ކަމަށް ކަރީނާ ކަޕޫރު ބުނެފިއެވެ.

ދާދިފަހުން މަޝްހޫރު ގަހަނާ ބްރޭންޑެއްގެ އިޝްތިހާރުން އެކީގައި ފެނުނު ދެ ބަތަލާއިން އެކީގައި މީގެ ކުރިން ސްކްރީނުން ފެނިފައެއް ނުވެއެވެ.

އާލިއާ އަކީ، އުފަންވި އިރުވެސް ފިލްމު ކުޅުމުގެ ހުނަރު ހުރި ވަރަށް ނަސީބުވެރި ފިލްމީ ތަރިއެއް ކަމަށް ކަރީނާ ވަނީ ބުނެފައެވެ. އާލިއާ އަކީ ވަރަށް ތުއްތު އިރުންސުރެން ފެށިގެން ވެސް އެކި ފިލްމީ ފަންނާނުންނާ ބައްދަލުވެ ފިލްމީ އާއިލާ އަކަށް ނިސްބަތްވާ ބަތަލާ އެކެވެ.

ކަރީނާ ބުނާ ގޮތުން އޭނާއަށް އެންމެ ކަމުދާ ބަތަލާ އަކީ އާލިއާ ބަޓް --

އެހެންނަމަވެސް އާލިއާ ކުޑައިރު ދެ މީހުން ދުވަހަކު ވެސް ބައްދަލު ނުވާ ކަމަށާއި ނަމަވެސް މިހާރު އާލިއާ އަކީ ކަޕޫރު ޚާންދާނަށް ނިސްބަތްވާ ފަރާތެއް ކަމުން ވަރަށް ގިނައިން ބައްދަލުވާ ކަމަށް ކަރީނާ ވަނީ ބުނެފައެވެ.

ކަރީނާ އެކޭ އެއްގޮތަށް އާލިއާއަށްވެސް އެންމެ ކަމުދާ ފިލްމީ ތަރި އަކީ ކަރީނާ ކަޕޫރު ޚާން ކަމަށާއި ފިލްމީ ދާއިރާއަށް ނުކުތް އިރު އާލިއާގެ އައިޑަލް އަކީ ކަރީނާ ކަމަށް އާލިއާ ވަނީ ބުނެފައެވެ.

އިންޑިއާގެ މިޑް-ޑޭ ނޫހަށް ދިން އިންޓަވިއު އެއްގައި ކަރީނާ ބުނީ، ދެ މީހުން އެކީގައި މަސައްކަތް ކުރާނެ ފިލްމަކާ މެދު ވަރަށް ފުންކޮށް ވިސްނާ ކަމަށެވެ. ކަރީނާ އާއި އާލިއާ އެކީގައި މަސައްކަތް ކުރި ހަމައެކަނި ފިލްމަކީ، "އުޅުތާ ޕަންޖާބު" އެވެ. ނަމަވެސް ދެ ތަރިން އެކީގައި ސްކްރީނުން ފެނިފައެއް ނުވެއެވެ.