ސްޓާބަކްގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން، އެކަމާއި ހިތްހަމަނުޖެހިގެން ސްޓާބަކް ޑްރިންކުތަކުގެ ރެސިޕީ އޭނާ ސޯޝަލް މީޑިއާގައި ޢާއްމުކޮށްފިއެވެ.

ރެސިޕީތަކުގެ ގޮތުގައި ލީކްކޮށްލާފައިވާ މެނޫ ފޮޓޯތަކުގައި، ސްޓާބަކުގެ އެކި ބުއިންތައް ތައްޔާރުކުރުމަށް އެއްޗެހި އަޅާވަރާއި، ބޭނުންކުރާ ސިރަޕްތަކާއި، އައިސް ބޭނުންކުރާވަރު ވަރަށް ސާފުކޮށް ބުނެދީފައިހުރެއެވެ.

މި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެ، ގިނަ ބަޔަކު ވަނީ ގޭގައި އަމިއްލައަށް ސްޓާބަކްގެ އެކި ބުއިންތައް ތައްޔާރުކޮށްލެވޭނެތީ އެކަމާ އުފާފާޅުކޮށްފައެވެ. ވަރަށް ގިނަ ބަޔަކު މިފޮޓޯތައް ބުކްމާކްކޮށް ފަހުން ބޭނުންރުމަށް ސޭވްކޮށްފައިވެއެވެ.

ސްޓާބަކްގެ ބުއިންތަކުގެ ރެސިޕީއާއި، ޑްރިންކްތަކުގެ ފޯމިއުލާއާއި، ކޮފީގެ ރަހަތަކަކީ، ސްޓާބަކުން ސިއްރުކޮށްފައިވާ މައުލޫމާތެވެ. މި ގޮތަށް މި މައުލޫމާތު ޢާއްމުކުރުމުން، ސްޓާބަކްގެ ވަޒީފާގައި މިހާރު އުޅޭ މީހުންނާއި، އަދި ދެން ވަންނަ މީހުންނަށް ވަރަށް ހަރުކަށި ޤަވާއިދުތައް އެ ކުންފުނިން ދެން ހަދާނެ ކަމަށް ބައެއް މީހުން ކޮމެންޓް ކޮށްފައިވެއެވެ.