ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސިއްހީ ހިދުމަތްތަކާ ގުޅޭ ޝަކުވާއެއް ނުވަތަ ކަންބޮޑުވުމެއް ހުށަހަޅާނަމަ، އެ ހޮސްޕިޓަލުގެ ރަސްމީ މުވާސަލާތީ ޚިދުމަތްތައް މެދުވެރިކޮށް ހުށަހެޅުމަށް އެ ހޮސްޕިޓަލުން އެދިއްޖެއެވެ.

ޓްރީ ޓޮޕްއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެ ހޮސްޕިޓަލަށް ރަސްމީކޮށް ހުށަހަޅާ ކޮންމެ ޝަކުވާއަކާއި ކަންބޮޑުވުމެއްގައި ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު، ވީއެންމެ އަވަސް މުއްދަތެއްގައި ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

އެ ހޮސްޕިޓަލުން އެދިފައި ވަނީ، ޚިދުމަތްތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ނުވަތަ ޝަކުވާއެއް ހުށައެޅުމަށް[email protected]އަށް އީމެއިލް ކުރުމަށެވެ.

ޓްރީ ޓޮޕްއިން އެގޮތަށް އިލްތިމާސްކޮށްފައި ވަނީ، އެ ހޮސްޕިޓަލުން ބަލި މީހަކަށް ދިން ޚިދުމަތާ ގުޅޭ ގޮތުން އެ މީހާގެ އާއިލާއިން ނުރުހުން ފާޅުކޮށް، އިއްޔެ މުޒާހަރާ ކުރި ފަހުންނެވެ.