ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހަބަރުތައް ގެނެސްދިނުމަށް ހާއްސަކޮށްފައިވާ ވެބްސައިޓެއް އެމްޑީޕީން ރޭ ލޯންޗްކޮށްފި އެވެ.

ރައީސް ނަޝީދާ ގުޅުން ހުރި އެކިއެކި މައުލޫމާތުތަކާއި ނަޝީދު ރައީސް ކަމުގައި ހުންނެވި އިރު ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކާ ދެއްވާފައިވާ ބައެއް ރޭޑިއޯ ހިތާބުތައް ހިމަނައިގެން އެމްޑީޕީގެ ސަޕޯޓަރުންތަކެއް ފަރުމާކޮށްފައިވާ އެ ވެބްސައިޓް ލޯންޗްކުރުން އޮތީ ރޭ އުސްފަސްގަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ޑޮކް ކޮމް މި ވެބްސައިޓް ލޯންޗްކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ. މީގެއިތުރުން ރޭގެ ރަސްމިއްޔާތުގައި ފޭސްބުކްގައި ކުރިއަށް ގެންދިޔަ ކުލަ ޔެލޯގެ ވެބްސައިޓް ލޯންޗްކުރުން ވެސް އޮތެވެ. އެ ވެބްސައިޓް ލޯންކޮށްދެއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އެވެ.