އޮންލައިންކޮށް ވިޔަފާރި ކުރެވޭ މޫލީ ޕްލެޓްފޯމް އިން "ޑިވައިސް ފްލޭޝް ސޭލް" ގެ ނަމުގައި ޙާއްޞަ ޕްރޮމޯޝަންއެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން މަގްބޫލް ބްރޭންޑް ތަކުގެ ސްމާޓްފޯނާއި އެކްސެސަރީޒް، ޑިސްކައުންޓާ އެކު ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގަނެވޭނެއެވެ.

އެގޮތުން، މި ޕްރޮމޯޝަންގައި އެޕަލް މެގްސޭފް ޗާޖާ، އައިޕެޑް، މެކްބުކް ޕްރޯ، އައިފޯން 13، 12 އަދި 11 ގެ ޕްރޯ މެކްސް، އައިފޯން އެކްސް އެސްގެ އިތުރުން ސެމްސަންގްގެ މަގްބޫލް ފޯނުތައް ގަނެވޭނެއެވެ. ޕްރޮމޯޝަންގެ ދަށުން ލިބެންހުރި ޑިވައިސްތައް، މިހާރު ހަތް ޕަސެންޓްގެ ޑިސްކައުންޓްއާ އެކުމޫލީ ވެބްސައިޓްމެދުވެރިކޮށް ގަނެވޭނެއެވެ.

މޫލީ މެދުވެރިކޮށް ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް މުޅިން ހިލޭ ޑެލިވާވެސް ކޮށްދޭނެއެވެ.

މޫލީ މެދުވެރިކޮށް ހެޔޮ އަގުގައި މަގުބޫލު ޑިވައިސްތައް ބައްލަވާ ގަނެވޭނެ ---- ސަން ފޮޓޯ

މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުބާރުހިފޭ ކޮލިޓީ ޕްރޮޑަކްޓް ހެޔޮ އަގުގައި ކޮންމެތާކު، ކޮންމެވަގުތެއްގައިވެސް ފަސޭހަކަމާއެކު ވިޔަފާރިކޮށްލެވޭނެ ފުރިހަމަ ޕްލެޓްފޯމެކެވެ.

މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން ތަޖުރިބާ އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، ޕޭމަންޓާއި އީޒީ ރިޓާންސް މޫލީއިން ފޯރުކޮށްދެއެވެ.

މި ޕްލެޓްފޯމްގެ ޚާއްޞަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާ އެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާ މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެ، ޑެލިވަރީ ޚިދުމަތް ލިބުމެވެ.

އަދި މި ޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.

އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.