14 Oct 2023, 13:03
ޅ. ނައިފަރު ދޯނި އެހެލާ ސަރަހައްދުގައި އެހެލާފައި އޮތް ޑިންގީއެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފްއިން ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އެހެލާފައި އޮތް ޑިންގީ ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.
މި ހާދިސާގެ މަޢުލޫމާތު ސިފައިންނަށް ލިބިފައިވަނީ މިއަދު ފަތިހު 04:44 ހާއިރުއެވެ.

ޅ. ނައިފަރުގައި އަލިފާން ރޯވެފައިވާ ޑިންގީގެ އަލިފާން ނިއްވުމަށް ފަޔަރ ފައިޓަރުން ހަރަކާތްތެރިވަނީ_ ފޮޓޯ/ އެންއެމްޑީއެފް
މި ހާދިސާގެ ނައިފަރު ފަޔާ ސްޓޭޝަނަށް ލިބުމާއެކު، ނައިފަރު ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމަށް ހަރަކާތްތެރިވެފައެވެ.
މިގޮތުން ކުރި މަސައްކަތުން، އެ ޑިންގީގައި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ ފަތިހު 05:00 ހާއިރެވެ.
ޑިންގީގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެެވެ.