ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އައިއޯއެސް އަކީ ވަރަށް ބޮޑަށް ޓެސްޓްކުރެވިގެން ރައްކާތެރިކަމާ އެކު އަދި ޔަޤީންކަމެއް ގެނެސްދޭ ފީޗާތަކާ އެކު އަހަރުން އަހަރަށް އަބަދު ވެސް އަޕްޑޭޓްކުރަމުން އަންނަ އޮޕަރޭޓިން ސިސްޓަމެކެވެ. އެޕަލްއިން އައިއޯއެސް 17 ދާދިފަހުން ނެރެފައިވަނީ ސްޓޭންޑްބައި މޯޑާއި އޮޓޯކަރެކްޓަށް ވަރަށް މުހިންމު އަޕްގްރޭޑެއް ފަދަ އާ ފީޗާތަކާއި އިމްޕްރޫވްމަންޓްތަކާ އެކުއެވެ. އެކަމަކު، އެންމެ މަދުން ވާހަކަ ދެކެވޭ އެއް ފީޗާއަކީ ސްކްރީން ޑިސްޓެންސްއެވެ.

އައިފޯން ނުވަތަ އައިޕެޑް އާއި ތިބާގެ މޫނު މާ ކައިރި ކޮށްފިނަމަ މި ފީޗާއިން އިންޒާރު ދެނީ، ޓީވީ ނުވަތަ ކޮމްޕިއުޓަރު ސްކްރީނާ ދުރުގައި އިށީންނަން ބެލެނިވެރިއަކު އޭނާގެ ދަރިފުޅަށް ބުނާ ފަދައިންނެވެ. މޫނު ކައިރީގައި ސްކްރީނެއް ހުރުމަކީ ލޮލަށް ގެއްލުމެއް ނުލިބުނަސް، އެކަމުގެ ސަބަބުން ލޮލަށް ސްޓްރެސްވެ، ރުޅިގަދަވުން ފަދަ ސިއްޙީ މައްސަލައެއް ދިމާވެދާނެކަމެއް ކަމަށް ސިއްހީ ޖަމިއްޔާއެއް ކަމަށްވާ ސެޑާސް-ސިނާއީއިން ބުނެއެވެ.

އައިއޯއެސް 17 ގެ މި އާ ފީޗާގެ މަގްސަދަކީ ލޮލާ ފޯނު ދުރުކުރުމަށް އެހީތެރިވެދިނުމެވެ. އެޕަލްއިން ބުނާ ގޮތުގައި މިއީ މަޔޯޕިއާގެ މައްސަލަ ކުޑަކޮށްދޭނެ ފީޗާއެކެވެ.

މާޔޯޕިއާގެ މައްސަލައަކީ އާންމުކޮށް އުމުރުން 20 އަހަރު ވުމުގެ ކުރިން ދެނެގަނެވޭ ވަރަށް އާންމު ލޮލުގެ ފެނުމުގެ ބައްޔެކެވެ. މަޔޯޕިއާގެ ސަބަބުން ދުރުބެލުމަށް އަސަރު ކުރެއެވެ. ކައިރީގައި ހުންނަ ތަކެތި ރަނގަޅަށް ފެނުނު ނަމަވެސް ދުރުގައި ހުންނަ އެއްޗެހި ބެލުމުގައި އުނދަގޫވާ ގޮތް ކުރިމަތިވެ އެވެ.

ސްކްރީން ޑިސްޓެންސް ފީޗާ އޮންކުރާނެ ގޮތް:

1- ސެޓިންގްސްއަށް ވަންނާށެވެ.
2- ސްކްރީން ޓައިމް ނަގާށެވެ.
3- ދެން ސްކްރީން ޑިސްޓެންސް ނަގާށެވެ.

ދެން ފެންނާނީ ސްކްރީން ޑިސްޓެންސް އަކީ ކޮބައިކަމާއި މަސައްކަތް ކުރާ ގޮތް ބަޔާންކޮށްދޭ ދެ ސްކްރީނެކެވެ. މި ދެ ސްކްރީންގައި ވެސް ޓެޕް ކޮށްލުމުން ސްކްރީން ޑިސްޓެންސް އޮޓަމެޓިކުން އޮން ކުރެވޭނެއެވެ. މި ދެ ސްކްރީން ވެސް ފެންނަނީ ސްކްރީން ޑިސްޓެންސަށް ދާ ފުރަތަމަ ފަހަރުއެވެ.

މިހާރު ތިބާގެ އައިފޯނާ މޫނު މާ ކައިރިކޮށް އިރުކޮޅަކު ހުރެފިނަމަ ސްކްރީނަށް ބްލޮކް ވެގެންދަނީ "އައިފޯން މޭ ބީ ޓޫ ކްލޯޒް" ލިޔެފައިވާ މެސެޖަކުންނެވެ. މި ފީޗާގެ ސަބަބުން އައިފޯން މާ ގިނަ އިރު ވަންދެން މޫނު ކައިރީގައި ހިފަހައްޓައިގެން ހުރުމުން ސްކްރީން ބްލޮކް ކުރެއެވެ.

މޫނާ ތަންކޮޅެއް ދުރުކޮށްލުމުން އައިފޯންގެ ސްކްރީނުން ޗެކް މާކެއް ދައްކައި، ބްލޮކް ނައްތާލުމަށް ކުރިއަށް ދާން ޓެޕް ކުރަން ޖެހެއެވެ.

ސްކްރީން ޑިސްޓެންސް އޮފްކޮށްލުން:
ސްކްރީން ޑިސްޓެންސް އަކީ އައިއޯއެސްގެ ބޭނުންތެރި ފީޗާއެއް ކަމަށްވާއިރު، އޭގެ ސަބަބުން އައިޓްރެއިން ދަށްވެ، ލޮލުގެ ފެނުމުގެ މައްސަލަތައް ކުޑަކޮށްދެއެވެ. ނަމަވެސް އެ އިންޒާރުތައް އެހީއަކަށް ވުރެ ބޮޑަށް އުނދަގޫވާ ކަމަށް ފެނިއްޖެ ނަމަ ސްކްރީން ޑިސްޓެންސް ނިއްވާލާނެ ގޮތަކީ މިއީއެވެ.

1- ސެޓިންގްސްއަށް ވަންނާށެވެ.
2- ސްކްރީން ޓައިމް ނަގާށެވެ.
3- ސްކްރީން ޑިސްޓެންސްނަގާށެވެ.
4- ސްކްރީން ޑިސްޓެންސް ކައިރީގައިވާ ޓޮގަލް ނަގާށެވެ.

މިހާރު ތިބާގެ ފޯނާއި މޫނު ކިތަންމެ ކައިރިކުރިޔަސް ސްކްރީން ބްލޮކެއް ނުވާނެއެވެ.