15 May 2012, 00:01
ރިޓަޔާކޮށްފައިވާ ކުރީގެ ކަނާތުބެކް ގެރީ ނެވިލް އިނގިރޭސި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސައިފި އެވެ.
އާ ކޯޗު ރޯއި ހޮޑްސަން ބުނީ ނެވިލް އަކީ ބޮޑު ފަސްމުބާރާތެއްގައި ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެއް ކަމަށާއި އޭނާ ކަހަލަ މީހަކު ޓީމުގައި ހުރުމަކީ ވަރަށް މުހިންމުކަމެއްކަން މަގާމާ ހަވާލުވި ފުރަތަމަ ދުވަހު ވެސް އެފްއޭއަށް ވިސްނައިދީފައިވާ ކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ގައުމީ ޓީމާއެކު ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ނަމަވެސް އޭނާ އަށް މެއިލް އޮންލައިނަށް ކޮލަމް ލިޔުމަށާއި ފޮކްސް ނިއުސްގެ މެޗު އެނަލިސްޓަކަށް މަސައްކަތް ކުރެވޭނެ އެވެ.
އިނގިރޭސި ގައުމީ ޓީމަށް 85 މެޗު އަދި މެންޗެސްޓާ އަށް 602 މެޗު ކުޅެދީފައިވާ ނެވިލް ބުނީ ގައުމީ ޓީމަށް ހިދުމަތްކުރުމަކީ ލިބޭ ވަރަށް އުފަލެއް ކަމަށާއި ރޯއި ހޮޑްސަންއެކަމަށް އެދުމުން އުފާވި ކަމަށެވެ.
ނެވިލް ޓީމާ ގުޅުނުއިރު ގައުމީ ޓީމުން ރިޓަޔާކޮށްފައިވާ ޕޯލް ސްކޯލްސް އަލުން ގައުމީ ޓީމަށް ގެނައުމަށް ހޮޑްސަން ވަނީ މަސައްކަތްފަށައިފަ އެވެ. އަދި ނެވިލް އޭނާގެ ކޮލަމްގައި ބުނެފައިވަނީ ގައުމީ ޓީމުގެ އާކެޕްޓަނަކަށްވުން ގާތީ ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑް ކަމަށާއި ޖޯން ޓެރީ އަތުން ކެޕްޓަންކަން އަތުލުމުގައި މީޑިޔާގެ ދައުރެއް ވެސްވާ ކަމަށެވެ.