13 Oct 2023, 15:21
ޓެކްނިކަލް މައްސަލައަކާ ހެދި ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް ބޭންކިން އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިން އެޕް ޑައުންވެއްޖެއެވެ.
އެ ބޭންކުގެ އެ ޚިދުމަތް ޑައުންވެފައި ހުންނަތާ މިހާރު ގަޑިއިރަކަށްވުރެ ގިނައިރު ވަނީ ވެފައެވެ. ސީދާ ދިމާވީ ކޮން މައްސަލައެއް ކަމެއް އެ ބޭންކުން ހާމައެއް ނުކުރެއެވެ.
މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށް ޓަކައި މަސައްކަތްކުރަމުން އަންނަކަމަށެވެ.

އިންޓަނެޓާއި މޯބައިލް ބޭންކިން ޑައުންވެފައި --
ނަމަވެސް އަދި ގަޑިއިރެއްހާއިރު ހޭދަވާނެ ކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.
ބައެއް ފަހަރު ފަހަރު ބީއެމްއެލްގެ މޯބައިލް އެޕާއި އިންޓަނެޓް ބޭންކިން ޑައުންވެއެވެ. އެހެން ނަމަވެސް އެ ކަން ހައްލުކޮށް ބޭނުންކުރުމަށް މާ ގިނަ ވަގުތެއް ނުނަގައެވެ.