14 May 2012, 17:40
ދިއްލީގެ ބައެއް ވިޔަފާރި ކުންފުނިތަކުގެ އިސްބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު މިއަދު މެންދުރު ފަހު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުކުރެއްވުމުގައި، އެކުންފުނިތަކުން ކުރާ މައިގަނޑު ވިޔަފާރިތަކާ ބެހޭ ގޮތުން އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާ އަށް މަޢުލޫމާތު އެރުވި އެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިވާ ކުންފުނިތަކަށް، އެ ފުރްޞަތު ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވި އެވެ.