11 Oct 2023, 16:30
ލަންޑަން (11 އޮކްޓޯބަރު 2023): ފަލަސްތީނުގެ މިނިވަންކަމާއި ހައްގުތަކަށް ތާއީދުކޮށް އިސްރާއީލުގެ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލާ އާންމުން އިނގިރޭސިވިލާތުގައި ގިނަވަމުންދާތީ އެކަމާމެދު ކަންބޮޑުވާކަން އެގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.
މޮރިޝަޝް ދަރިކޮޅަށް ނިސްބަތްވާ އިނގިރޭސިވިލާތުގެ ދާޚިލީ ވަޒީރު ސުއޭލާ ބްރޭމްވަން ވިދާޅުވީ ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލުމާއި އެކި ތަންތަނަށް އެއްވެ ފަލަސްތީނަށް ތާއީދުކުރާ ގޮވެލިތައް ގޮވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާ އެއީ ރުޅިއެރުވުމާއި ނަފުރަތުގެ އަމަލެއް ކަމަށް ކަނޑައަޅަން އިނގިރޭސި ސަރުކާރުން މަސައްކަތް ކުރަމުންގެންދާ ކަމުގައެވެ.
އިނގިރޭސިވިލާތަކީ ޔަހޫދީ ޒަޔަނިސްޓް މަހުޖަނުންނާއި ޔަހޫދީ ކުންފުނިތަކުގެ ބާރު ވަރަށް ގަދަގައުމެކެވެ. އިނގިރޭސިވިލާތުގެ ސިޔާސީ ބޭފުޅުންގެ ކޭންޕޭންތަކަށް ފަންޑްކޮށް އެބޭފުޅުންގެ ސިޔާސީ ހަރަކާތްތަކަށް ބޭނުންވާ ޚަރަދުތައް އެންމެ ގިނައިން ކުރަނީ ޔަހޫދީންގެ ކުންފުނިތަކުންނާއި ޔަހޫދީ ޒަޔަނިސްޓް މަހުޖަނުންނެވެ.

އިނގިރޭސިވިލާތުގެ ދާޚިލީ ވަޒީރު ސުއޭލާ ބްރޭމްވަން
ނަތީޖާއަކީ އިނގިރޭސިވިލާތުގެ ސިޔާސީ ލީޑަރުންގެ ތެރެއިން މަދުބޭފުޅަކު ފިޔަވައި އެހެން ބޭފުޅުންނަކީ ޔަހޫދީ މަހުޖަނުންނާއި ޔަހޫދީންގެ ކުންފުނިތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ބަޔަކަށްވެފައިވުމެވެ. ޔަހޫދީންގެ ޖީބުތަކަށް ވަދެފައިވާ ބަޔަކަށް ވުމެވެ. އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާގެ ސިޔާސީ މީހުންގެ ހާލަކީވެސް މިއެވެ.
ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެކިޔާ ޔަހޫދީ ޒަޔަނިސްޓް އަނިޔާވެރި ޣައިރު ގާނޫނީ ދައުލަތް ގަވައިދާ ޚިލާފަށް އުފެއްދުމުގައާއި ފަލަސްތީނަށް ޔަހޫދީން ހިޖްރަކުރުވުމުގައިވެސް އިސް ދައުރެއް އަދާކޮށްފައިވާ އެއްގައުމަކީ އިނގިރޭސިވިލާތެވެ.
އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކަށް ލޯ މަރާނުލާ އަދި އިސްރާއީލުގެ ޖަރީމާތަކަށް ބީރުކަންފަތެއް ނުދޭ ބޭފުޅަކަށް އެމެރިކާއާއި އިނގިރޭސިވިލާތުގެ ވެރިކަމަށް އައުމަކީ ގާތްގަނޑަކަށް މުސްތަހީލު ކަމެކެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް ފަލަސްތީނުގެ ރައްޔިތުން މަރައި ފަލަސްތީނުގެ ބިންތައް ފޭރިގަނެ ފަލަސްތީނު މީހުންގެ ގެދޮރު ތަޅައި ސުންނާފަތިކޮށް ފަލަސްތީނުގެ އެތައް ހާސްބަޔަކު ޖަލަށްލައިގެން އިސްރާއީލު ހިންގަމުންގެންދާ ލާއިންސާނީ ޖަރީމާތަކާއި އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކަށް 75 އަހަރުވެފައިވާއިރު މިޖަރީމާތަކަށް ހިތްވަރުދޭ ހުޅަނގުގެ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ވަރަށް ބޮޑަށް ފާހަގަކޮށްލެވެއެވެ.
ޔަހޫދީ އިސްރާއިލުގެ މިއަނިޔާތަކަށް ކެތްނުކުރެވިގެން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން (ހަމާސް ޖަމާއަތް އިސްކޮށް އޮވެގެން) އިސްރާއީލާ ދެކޮޅަށް ދިން ވަރުގަދަ ހަމަލާގައި ބާރުގަދަ ކަމަށް ޕްރޮޕަގެންޑާކުރާ އިސްރާއީލުގެ ސިފައިންގެ ލަޝްކަރުވަނީ ކުޑަކަކޫމައްޗަށް ތިރިކޮށް ބާރުގަދަކަމަށް ދައުވާކުރި އިސްރާއީލަކީ ކަރުދާހުގެ މިނިކާވަގެއްކަން ސާބިތު ކޮށްދިނުމުގައި ފަލަސްތީނުގެ މުޖާހިދުންވަނީ ބޮޑުކާމިޔާބެއް ހޯދާފައެވެ. މިއާއެކު އެމެރިކާގެ ލީޑަރުންނެކޭ އެއްގޮތަށް އިނގިރޭސިވިލާތުގެ ލީޑަރުންވެސްވަނީ ކުއްލި ޝޮކެއްލިބި ހާސްވެ މޮޔަވާގޮތް ވެފައެވެ.
މިބޭފުޅުންގެ ހާސްކަން އިތުރަށް ބޮޑުވެގެން ދިޔައީ ފަލަސްތީނު މީހުން މިނިވަންކަމަށް ކުރާ ޖިހާދާއި އެކަމަށް ކުރާ އުންމީދާ އަޒުމު ފުނޑާލައި މުލުން ލުހެލުމަށްޓަކައި އެމެރިކާ ދީފައިވާ ފައިޓާޖެޓްތަކުން އިސްރާއީލު ސިފައިން ޣައްޒާގެ އާންމުންގެ ގެދޮރަށް ހަމަލާދީ ޑަޒަން ޑަޒަނަށް އާންމުން މަރަން ފެށުމުން އިނގިރޭސިވިލާތުގެ އާންމުންގެ ގިނަ ބަޔަކުވަނީ އެކަމާދެކޮޅަށް ނުކުންނަން ފަށާފައެވެ.

ލަންޑަންގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކުރަނީ
މިއާއެކު އިނގިރޭސި ދާޚިލީ ވަޒީރު ސުއޭލާ ބްރޭމްވަން ވަނީ އިސްރާއީލާ ދެކޮޅަށް އަޑުއުފުލުމަކީ އަދި ފަލަސްތީނުގެ ބިމުން އިސްރާއީލު ނައްތާލަން ގޮވާލުމަކީ އިނގިރޭސިވިލާތަށް ކެތްކުރެވޭނެކަމެއް ނޫންކަމާއި އެއީ ކޮންމެެެހެން ހުއްޓުވަންޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ސުއޭލާ ވިދާޅުވިގޮތުގައި އިނގިރޭސިވިލާތުގައި ފަލަސްތީންގެ ދިދަ ހޫރުވުމާއި، ފަލަސްތީނަށާއި ފަލަސްތީނުގެ މިނިވަންކަމުގެ ނަމުގައި މަސައްކަތްކުރާ ހަމާސްފަދަ ޖަމާއަތްތަކަށް ތާއީދުކުރުމަކީ އަދަބު ލިބޭ ކުށަކަށް ހަދަންޖެހެއެވެ.
ފަލަސްތީނަށް ތާއީދުކޮށް އިސްރާއީލާ ދެކޮޅަށް ހިންގާ މިފަދަ ހަރަކާތްތައް ހުއްޓާލުމަށް ފުލުހުން ދޭ އިރުޝާދުތަކަށް ބޯނުލަނބާނަމަ އެއީ ފުލުހުންގެ އަމުރަށް ކިޔަމުން ނުވުން ކަމަށް ބެލިދާނެކަމުގެ އިންޒާރުވެސް އިނގިރޭސި ދާޚިލީ ވަޒީރު ދެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެފަދަ ފަރާތްތައް ޖޫރިމަނާކުރުމާއި ވަކި މުއްދަތަކަށް ވެހިކަލް ދުއްވުމުގެ ލައިސަންސް ހިފެހެއްޓުންފަދަ އަދަބުތައް ދޭން ކަނޑައެޅުމަށް އިނގިރޭސި ސަރުކާރުން މަސައްކަތް ކުރާނެއެވެ.
އިނގިރޭސިވިލާތަކީ ވަރަށް ދެފުށް ދެގޮތް ސިޔާސަތުތަކެއް ގެންގުޅޭ ގައުމެކެވެ. ރަޝިއާއިން ޔުކްރެއިން އަށް އަރައިގަތުމުން އެއީ އަޅުވެތިކަމާއި އިސްތިއުމާރުކަމަށް އިނގިރޭސިވިލާތުން ސިފަކުރެއެވެ. ރަޝިއާ އާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރުމުގެ ހައްގު ޔުކްރެއިން އަށް އޮންނާނެކަމަށް ބުނެ އިނގިރޭސިވިލާތުން ގެންދަނީ ޔުކްރެއިންއަށް އެހީތެރިވަމުންނެވެ. ނަމަވެސް އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފުމުން އެއީ އަޅުވެތިކަމާއި އިސްތިއުމާރު ކަމާއި އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރުމުގެ ހައްގު ފަލަސްތީނަށް އޮންނާނެކަމަށް ގަބޫލުކުރުމަށް އިނގިރޭސިވިލާތް ގެންދަނީ ދެކޮޅު ހަދަމުންނެވެ.
ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ސަރަހައްދުތަކުގެ މިނިވަންކަމަށްޓަކައި ރަޝިއާއާ ދެކޮޅަށް ޖިހާދުކުރަން އިނގިރޭސިވިލާތުން ޔުކްރެއިނަށް ހިއްވަރުދީ އެކަމަށް އަމަލީގޮތުން އެހީތެރިވާއިރު އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކުރުން އިނގިރޭސިވިލާތުން ސިފަކުރަނީ ޓެރަރިޒަމްގެ ގޮތުގައެވެ. އަދި ފަލަސްތީނަށް އަސްކަރީގޮތުން އެހީތެރިވުމަކީވެސް ޖަރީމާއެއްކަމަށް އިނގިރޭސިވިލާތުން ގެންދަނީ ސިފަކުރަމުންނެވެ.
އިނގިރޭސިވިލާތަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ މަންމަކަމަށް ބުނެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ދައުވާކުރާ އެއްގައުމެވެ. ނަމަވެސް އިނގިރޭސިވިލާތުގެ މަގުތަކުގައި ފަލަސްތީނުގެ ހައްގުތަކަށް ގޮވާލައި އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިއުމާރާ ދެކޮޅަށް އަޑުއުފުލަން ފެށުމުން އެކަން އިނގިރޭސި ލީޑަރުންނަށް މިވަނީ ބޮޑު ބޮލުގެ ރިހުމަކަށް ވެފައެވެ. އެކަން ހުއްޓުވޭނެ ގޮތްތަކާބެހޭގޮތުން އިނގިރޭސި ލީޑަރުން ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ. ޔަހޫދީ މަހުޖަނުންގެ ތާއީދު ހޯދުމަށް މިގޮތަށް ވާހަކަ ދެއްކި ނަމަވެސް މިއީ އިނގިރޭސި ލީޑަރުންނަށް ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ.