19:00


އަރަބިއްޔާ ސްކޫލް ހިންގުމަށް ސަރުކާރު ނުކުޅެދޭނަމަ، އެ ސްކޫލް ހިންގުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް އެ ސްކޫލްގެ ހަވާލުކުރުމަށް ޖަމިއްޔަތުއްސަލަފުން ގޮވާލައިފި އެވެ.


އަރަބިއްޔާ ސްކޫލްގެ އިމާރާތް ބާވެ، އެ އިމާރާތުގެ ތަންތަން ކޮޅު ވެއްޓި އެ ސްކޫލްގެ ކިޔެވުން ހުއްޓާލުމާއި ގުޅިގެން ޖަމިއްޔަތުއް ސަލަފުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި އަރަބި ތައުލީމު އުނގަންނައިދޭ ހަމައެކަނި ސާނަވީ ސްކޫލާ މެދު ސަރުކާރުން އިހްމާލުވެފައިވާ ކަމަށާއި އަދުގެ ސަރުކާރުން އިސްލާމީ ތައުލީމް އުގަންނައި ދިނުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށެވެ.


ޖަމިއްޔަތުއްސަލަފުގެ ނައިބު ރައީސް އައްޝެއިހް ހަސަން މޫސާ ފިކުރީ މިއަދު ވިދާޅުވީ އަރަބިއްޔާ ހިންގުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ސްކޫލްގެ ހަވާލުކުރުމަށާއި އެ ސްކޫލްގައި ހުރި ވަސީލަތްތަކާއި އަރަބި ތައުލީމް އެދެވޭ ގޮތުގައި ފޯރުކޮށްދެވޭނީ ގާބިލިއްޔަތުކަން ހުރި ބަޔަކަށް އެ ސްކޫލް ހަވާލުކޮށްގެން ކަމަށެވެ.


އައްޝެއިހް ހަސަން މޫސާ ފިކުރީ އިތުރަށް ވިދާޅުވީ ތައުލީމީ ނިޒާމް ހަރުދަނާކޮށް، ދަރިވަރުން ތައުލީމުގެ ފެންވަރު ކުރިއެރުވުމައްޓަކައި އަދުގެ ސަރުކާރުން ކުރާ މަސައްކަތުގައި އަރައްބިއްޔާގެ ސްކޫލަށް ފޯރުކޮށްދޭންޖެހޭ އަސާސީ ވަސީލަތްތަކާއި ކިޔަވައިދޭނެ ޓީޗަރުން އެ ސްކޫލަށް ފޯރުކޮށް ނުދެވުން އެއީ އިސްލާމީ ތައުލީމަށް ސަރުކާރުން އިހްމާލުވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.