ހައިވޭގައި ދުއްވާފައި ދިޔަ އެމްއެންޑީއެފްގެ ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގައި، މި އެކްސިޑެންޓް މިއަދު ހެނދުނު ހިނގީ ވިއްސާރަވެ ފެން ހެދިފައި ވަނިކޮށް ކާރު ދުއްވާފައި ދަނިކޮށް، ކަހާލުމުގެ ސަބަބުންނެވެ.

މި އެކްސިޓެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

މި ކާރު ކަހާލިއިރު އިތުރު އެެއްވެސް އުޅަދެއްގައި ޖެހިފައިނުވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މި ކާރު ނެގުމަށްޓަކައި އެމްއެންޑީއެފްއިން އަންނަނީ ހަރަކާތްތެރި ވަމުންނެެވެ.

މި ކާރު ދަތުރު ކުރަމުން ދިޔައީ، ހުޅުލޭގައި ހުންނަ އެމްއެންޑީއެފްގެ މަރުކަޒަށެވެ.

މިއަދު ހިނގައިދިޔަ މި އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ.