ރެޑްބުލް ފްރީ ސްޓައިލް ކޮލިފިކޭޝަން ބުރުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް ޔޫރޯ މާކެޓުން ބުނެފި އެވެ.

ރެޑްބުލް ފުރީ ސްޓައިލް ކޮލިފިކޭޝަނާ ބެހޭގޮތުން ޔޫރޯ މާކެޓްގެ ފަރާތުން އަހުމަދު މުޖްތަބާ (ފެސްކޯ) މިއަދު ބުނީ މި ކޮލިފައިން ބުރުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް މާދަމައިން ފެށިގެން ޔޫރޯ ސްޓޯރުން ލިބެން ހުންނާނެ ކަމަށާއި ޔޫރޯ ސްޓޯރުގެ ވެބް ސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެ ކަމަށެވެ.

ރެޑްބުލް ސުޓްރީޓް ސޮކާއަކީ ދެއަހަރުން އެއްއަހަރު ބާއްވަމުން އަންނަ ގިނަ ބައެއްގެ ތަރުހީބު ލިބޭ މުބާރާތެކެވެ. މިއަހަރުގެ ޗެންޕިއަންނަށް މއިޓަލީގައި ބާއްވާ ފްރީ ސްޓައިލް ވޯލްޑް ކަޕްގައި ބައިވެރި ވުމުގެ ފުރުސަތް ދެ އެވެ.

މިމުބާރާތް ކުރިއަށް ދާނީ ނޮކައުޓް އުސޫލުންނެވެ. ފުރަތަމަ ބުރުގައި ދޭ ޖޫންގައި ވާދަކޮށް ހޮވޭ ފަރާތްތައް ދާނީ ކުއާޓާ ފައިނަލަށެވެ. ނުވައެއް ޖޫންގައި ކުއާޓާ ފައިނަލްގައި ވާދަކޮށް ހޮވޭ ފަރާތްތައް ދާނީ 16 ޖޫން ގައި ބާއްވާ ސެމީ ފައިނަލަށެވެ. ފައިނަލް އޮންނާނީ 30 ޖޫންގަ އެވެ.

މި އެޕްލިކޭޝަން ހުށައެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހު 24 ވަނަ ދުވަހެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަންނަ މަހު ދޭކުން 30 ށެވެ.


މިއަހަރު ފްރީ ސްޓައިލް ތާއާރަފް ކުރުމުގެ ގޮތުން ސުކޫލްތަކަށް އަމާޒްކޮށްގެން ޕްރޮގްރާމް ތަކެއް ހިންގަން ވެސް ވަނީ ހަމަޖައްސާފަ އެވެ.

"އަޅުގަނޑުމެންގެ ހުރިހާ ބައިވެރިންނާއި އޮފިޝަލުން ސުކޫލްތަކަށް ގޮސް މި ޕްރޮގްރާމް ހިންގުމަށް ވަނީ ހަމަޖެހިފައި" ފެސްކޯ ބުންޏެވެ. " އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ކަލާފާނު ސްކޫލާއި އިމާދުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލުގައި އިވެންޓް އޮންނަ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު މި އިވެންޓް ބާއްވަން"