ވޮޑަފޯއިން އިންޓެލްއާއެކު އޯޕަން ރޭން ޗިޕް ސެޓްތަކެއް އުފައްދަން ނިންމައިފިއެވެ.

އޯޕަން ރޭން (ރޭޑިއޯ އެކްސެސް ނެޓްވޯކް) ޓެކްނޮލޮޖީ ކުރިއެރުވުމުގެ މަޤްޞަދުގައި ވޮޑަފޯން އިން އިންޓެލްއާ އެކު ޗިޕްސެޓްތަކެއް އުފެއްދުމަށް ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ހަދަން ނިންމައިފައިވާއިރު، މިއީ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގައި ލުއިފަސޭހަކަމާއި އިނޮވޭޝަން އިތުރުކުރުމަށް ވޮޑަފޯނުންދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.

އޯޕަން ރޭން މެދުވެރިކޮށް މޮބައިލް އޮޕަރޭޓަރުންނަށް އެކި ސަޕްލަޔަރުންގެ އިކުއިޕްމަންޓްތައް މިކްސްކޮށް މެޗްކުރުމުގެ ފުރުސަތު ފަހިކޮށްދީ، ޕްރޮޕަރައިޓަރީ ސޮލިއުޝަންތަކަށް ބަރޯސާވުން ކުޑަކުރެވިދާނެއެވެ. މި ޓެކްނޮލޮޖީގައި އުންމީދުތަކެއް އޮތް ނަމަވެސް ކުރިއަރަމުންދަނީ ވަރަށް މަޑުމަޑުން ކަމަށްވާއިރު، މާކެޓުގައި އަދިވެސް ޑޮމިނޭޓް ކުރަނީ އެރިކްސަން، ނޮކިއާ އަދި ވާވޭ ފަދަ ކުންފުނިތަކެވެ.

ވޮޑަފޯންގެ އިސް އޮފިޝަލަކު ވިދާޅުވީ އިންޓެލްއާ ގުޅިގެން މި މަސައްކަތް ކުރިއަށްގެންދާނީ ސްޕެއިންގެ މަލާގާގައި ހުންނަ އެ ކުންފުނީގެ ކެމްޕަހުގައި ކަމަށެވެ. އެ ޗިޕް ސެޓްތަކުގެ ސާމްޕަލްތައް ޓެސްޓު ކުރުމުގައި، ސިލިކަން ޑިޒައިންތައް އުފެއްދުމުގެ ގާބިލުކަން ލިބުމުން އޯޕަން ރޭން ޓެކްނޮލޮޖީ އުފެއްދުން ވަރަށް ބޮޑަށް އަވަސްވާނެ ކަމަށް ބެލެވެއެވެ.

އިންޓެލްއާ އެކު ހެދި މި ޕާޓްނާޝިޕަކީ އޯޕަން ރޭން ޓެކްނޮލޮޖީ ހޯދުމުގައި ވޮޑަފޯނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މޮބައިލް ނެޓްވޯކްތައް ތަރައްގީވެ، ބަދަލުވަމުންދާ ޑިމާންޑްތަކަށް އަހުލުވެރިވަމުން އަންނައިރު، މި އެއްބާރުލުމުގެ މަގުސަދަކީ ޓެލެކޮމިއުނިކޭޝަންސް ދާއިރާއަށް އިތުރު ފުރުޞަތުތަކާއި، އައު އުފެއްދުންތައް ގެނައުމެވެ.