އިޕޮކްސީ ދަވާދު ތައްޔާރުކުރާ މެޝިނެއް ކަލަލޭންޑްއިން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

މި މަހުގެ ތެރޭގައި ކަލާލޭންޑްއިން ގެނައި ޓީއޯއޭ ބްރޭންޑްގެ މި މެޝިނަކީ ރާއްޖެއަށް މިހާތަނަށް ގެނައި މިފަދަ ފުރަތަމަ މެޝިނެވެ.

އީޕޮކްސީ ދަވާދު ކޮންކުރީޓް ތަޅުމުގައާއި މެނުފަކްޗަރިން ޕްލާންޓްތަކާއި ވިޔަފާރިގެތަކާއި ޝޯރޫމްތަކާއި ބޮޑެތި ގުދަނާއި ވެއާހައުސްތަކާއި ގަރާޖުތަކާއި އެއަޕްލޭން ހޭންގަރުތަކާއި ހޮސްޕިޓަލްތަކުގައި ބޭނުންކުރެއެވެ.

މީގެ އިތުރުން، އިޕޮކްސީ ދަވާދަކީ އިންޑަސްޓްރިއަލް ފްލޯރިންއާއި އޮއިލް ޓޭންކާއި ހެވީ ވެހިކަލްއާއި ޑެކުގައިވެސް ބޭނުންކުރާ ދަވާދެކެވެ.

ކަލަލޭންޑްއިން ރާއްޖެއަށް ގެނައި މެޝިނުން އީޕޮކްސީގެ ތަފާތު ބާވަތްތަށް ކަމަށްވާ، ތަޅުމުގައިލާ އިޕޮކްސީއާއި ފާރުގައިލާ އީޕޮކްސީއާއި ދަގަނޑުގައިލާ އީޕޮކްސީއާއި ލަކުޑީގައިލާ އީޕޮކްސީގެ ބާވަތްތައް ތައްޔާރުކުރެވެއެވެ.

މި މެޝިނުން، ހެވީޑިއުޓީ ދަވާދުތަކާއެކު ޖުމްލަ ތިންހާހަށްވުރެ ގިނަ ކުލައިގެ ދަވާދުގެ އިތުރުން، ރަލް ކާޑުގެ އާންމު ހުރިހައި ކުލައިގެ އިޕޮކްސީ ދަވާދު ތައްޔާރުކުރެވެއެވެ.

ކަލަލޭންޑްގެ އިޕޮކްސީދަވާދު ތައްޔާރުކުރާ މެޝިން--ފޮޓޯ/

ކަލަލޭންޑްއިން ދަނީ 2012 ވަނަ އަހަރުން ފެށިގެން، ދުނިޔޭގެ ފެންވަރުގެ ކުލައާއި ދަވާދާއި ކޮންސްޓްރަކްޝަން އަދި އިންޑަސްޓްރިއަލް ކެމިކަލް ފޯރުކޮށްދެމުންނެވެ. ކަލަލޭންޑްއިން ރާއްޖެއަށް ފޯރުކޮށްދޭ ކުލައިގެ ބްރޭންޑުތަކުގެ ތެރޭގައި، ނިޕޮންއާއިލާގެ ތުރުކީގެ ބިޓެކްއާއި ތައިލޭންޑުގެ އީޖާދީ ކުލައެއްކަމުގައިވާ ބޭޔާ ކުލައާއި ދަވާދު ހިމެނެއެވެ. އެ ކުލައާއި ދަވާދު ވަގުތުން ތައްޔާރުކުރެވޭގޮތަށް ކަލަލޭންޑްގައި ހުރެއެވެ.

ކަލަލޭންޑްއިން ކުލައަށް އޯޑަރު ކުރަން ބޭނުންވާ މީހުންނަށް ހަނދުވަރީ މަގުގައި ހުންނަ ކަލަލޭންޑްގެ މައި ފިހާރައާއި ހުޅުމާލެގައި ހުންނަ ދިކަލާސް ކުލަފިހާރައާއި ކުޅުދުއްފުށީގައި ހުންނަ ބިލްޑްޓެކް ހާޑްވެއާ ފިހާރައިން އޯޑަރު ކުރެވޭނެއެވެ. އަދި އޯޑަރުކުރާ ކުލައާއި ދަވާދު ކަސްޓަމަރު ބޭނުންވާ ތަނަކަށް ގެންގޮސްދިނުމުގެ ޚިދުމަތް ހިލޭ ލިބޭނެއެވެ.

ކަލަލޭންޑްގެ ފިހާރަތަކަށް އޯޑަރު ދިނުމަށާއި މައުލޫމާތު އޮޅުންފިލުވުމަށް 7379778 އަދި 7737123 އަށް ގުޅޭނެއެވެ. ނުވަތަ[email protected]އަށް އީމެއިލް ކުރުމުން ވެސް މައުލޫމާތު ސާފުކުރެވޭނެއެވެ.