ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ސައްހަނޫން ޑޮލަރު ބޭނުުން ކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކާކުކަން ދެނެގަނެވިފައިނުވާތީ، އެ މީހާ މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ. އެހެންވެ، އެ މީހާ ހޯދުމަށް ފުލުހުން ވަނީ އާންމުންގެ އެހީއަށް އެދިފައެވެ.

ފުލުހުން ވަނީ އެ މީހާ ފެންނަ ވީޑިއޯ އެއް އާންމު ކޮށްފައެވެ.

އެހެންވެ، އެ ވީޑިއޯއިން ފެންނަ މީހާގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމްޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދި ލައްވައިފައިވެއެވެ.

އަދި، މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް އެ ޚިދުމަތުން ޝުކުރު އަދާކޮށްފައިވެއެވެ.