ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ބަނޑު ބޮޑުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ ވާހަކަތައް ޝޯސަލް މީޑިއާގައި ހިއްސާކޮށްފައިވަނީ 15 އަހަރުގެ އަންހެން ކުއްޖާގެ މަންމައެވެ.

ކަން ހިނގާ ދިޔަ ގޮތުގެ ކުރު ހުލާސާއެއްގެ ގޮތުގައި މަންމަ ބުނެފައިވަނީ, އޭނާގެ 15 އަހަރުގެ ދަރިފުޅު ބަނޑު ބޮނޑުކޮށްލުމަށް ފަހު ދަރި ވައްޓާލުމަށް އެ ރަށުގެ ފިރިހެނުންތަކެއް މަސައްކަތް ކުރި ކަމަށެވެ. ބޭސް ދީގެން ވެސް ދަރި ވައްޓާ ނުލެވުމުން އެ ވާހަކަތައް އޭނާއާ ހިއްސާ ކުރި ކަމަށް މަންމަ ބުނެފައިވެއެވެ.

އެކަމަކު، ފުލުހުން އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ފުލުހުން ދެކުނު ރީޖަންގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް މި މަހު ހަވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.