މި ސީޒަނުގައި ރެއާލް މެޑްރިޑާ ގުޅުނު ތުރުކީ މިޑްފީލްޑަރު އަރްދާ ގުލާއަށް ކުރިމަތިވި އަނިޔާއަށް ފަހު، އަލުން ތަމްރީނުތަކުގައި ބައިވެރިވާން ފަށައިފިއެވެ.

އުމުރުން 18 އަހަރުގެ ގުލާއަށް ވަނީ ސީޒަން ނުފެށެނީސް، އޭނާގެ ކަކުލަށް އަނިޔާއެއް ވެފައެވެ. އޭނާގެ ކަކުލަށް އަނިޔާވެފައިވަނީ ސީޒަނަށް ތައްޔާރުވުމަށް އެމެރިކާގައި ކުރިއަށްގެންދިޔަ ތަމްރީނުތަކުގައެވެ.

ރެއާލްގެ ތަމްރީނުތަކަށް ގުލާ ނުކުތް ނަމަވެސް، އޭނާ އަދި ތަމްރީނުތައް ހަދަމުންދަނީ ޓީމާ ވަކިންނެވެ. ޓީމާ އެކު ގުލާ ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވަނީ ވަކިން ހަދާ ތަމްރީނުތަކުން ފުރިހަމައަށް ފިޓުވެފައިވޭތޯ ޔަގީންކުރުމަށް ފަހުއެވެ.

"ތުރުކީ މެސީ"ގެ ނަމުން މަޝްހޫރުކަން ހޯދަމުންދާ ގުލާ، ރެއާލާ ގުޅިފައިވަނީ ފެނަބާޗޭ އިން 30 މިލިއަން ޔޫރޯގެ އަގަކަށް މިދިޔަ ޖުލައި މަހުއެވެ. އޭނާ ރެއާލަށް ސޮއިކޮށްފައިވަނީ ހަ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

ގުލާގެ ސޮއި ރެއާލުން ހޯދާފައިވަނީ ވާދަވެރި ބާސެލޯނާ އިން ވެސް އޭނާ ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދަނިކޮށެވެ.