އެސްޓީއޯއިން ވިއްކާ ޕްރޮޑަކްޓެއްކަމަށްވާ ރަސަލް ހޮބްސްގެ އުފެއްދުންތައް ގަނެގެން ނަސީބުވެރި ފަރާތަކަށް ސިންގަޕޫރު ދަތުރެއް ލިބޭހެން ބޮޑު ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ފެށި މި ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ އަތޮޅު ތެރޭގައި ހުރި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގައާއި، މާލޭގައި ހުންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައިކަމަށެވެ.

މި ޕްރޮމޯޝަންގައި ރަސަލް ހޮބްސްގެ އުފެއްދުންތައް ގަތުމަށް ހޭދަކުރާ ކޮންމެ 250 ރުފިޔާއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެއެވެ.

އެ ކޫޕަންކޮޅު ލިބުމާއެކު ގުރުއަތުގައި ބައިވެރިވެވޭނެއެވެ.

އެސްޓީއޯއިން ހިންގާ ރަސަލް ހޮބް ޕްރޮމޯޝަން -- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯއިން ބުނީ ގުރުއަތުން އެއްވަނައަށް ހޮވޭ މީހަކަށް، އިތުރު މީހަކާއެކު ސިންގަޕޫރަށް ދިޔުމަށް ދެކޮޅު ޓިކެޓު ދޭން ހަމަޖެހިފައިވާކަމަށެވެ.

ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް 75 އިންޗީގެ ފިލިޕްސް އެލްއީޑީ ޓީވީއަކާއި ޕިލިޕްސް ސައުންޑްބާއެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. ތިންވަނައަށް ހިޓާޗީ ފްރޮންޓް ލޯޑް ދޮންނަ މެޝިނެއް ލިބޭނެއެވެ.

ރަސަލް ހޮބްސްއަކީ 1952 ވަނަ އަހަރު ވުޖޫދުވި، ނަަން މަޝްހޫރު ބްރޭންޑެކެވެ. މި ބްރޭންޑުގެ ދަށުން އުފައްދަނީ ބަދިގެއަށް ބޭނުންވާ އިލެކްޓްރޯނިކް ސާމާނެވެ.