14 May 2012, 09:28
މަޝްހޫރު މުނި ހޯމްކެއާއިން "ފަރުނީޗާ ސެންޓަރު"ގެ ނަމުގައި އަގު ހެޔޮކޮށް ފަރުނީޗަރު ވިއްކާ ފިހާރައެއް ހުޅުވައިފި އެވެ.
މުނި ގްރޫޕުގެ އެސިސްޓެންޑް މާކެޓިން އެގްޒެކެޓިވް އަލީ ޝާތިރު ވިދާޅުވީ އެމްޕީއޭ ސަރަހައްދުގައި އަލަށް ހުޅުވި ފިހާރައިން ހުރިހާ ވައްތަރެއްގެ ފަރުނީޗަރު ވެސް ލިބެން ހުންނާނެ ކަމަށާއި އެ ފިހާރައިން ފަރުނީޗަރު ވިއްކާނީ އެންމެނަށް ވެސް އެފޯޑް ކުރެވޭ އަގުތަކެއްގައި ކަމަށެވެ.
"މި ފިހާރައިން ވިއްކާ ހުރިހާ ފަރުނީޗަރެއް ވެސް ލިބެން ހުންނާނީ ހުރިހާ އެންމެނަށް ވެސް ގަނެވޭ ފަދަ އަގެއްގައި،" ޝާތިރު ވިދާޅުވި އެވެ.
ކުރިން ބާޒާރުގައި 16000ރ އަށް ލިބެންހުރި ފަރުނީޗަރު ފަރުނީޗަރު ސެންޓަރުގައި 5000ރ. އަގު ތިރިކޮށްފައި ވެއެވެ. ތިން ބުރިއަށް ހަދާފައިވާ މި ފިހާރާގައި މެލޭޝިއާގެ ފަރުނީޗަރަށް އަމާޒުކޮށްފައިވާ ފިހާރައެކެވެ.
ފިހާރައިގެ އަގުތަކަށް ބަލާއިރު ރާއްޖޭގައި ބެޑްރޫމް ސެޓް ވިއްކާ އެންމެ އަގު ހެޔޮ ފިހާރައަށް މި ފިހާރަ ވެއެވެ. މުޅި މިފިހާރައިގައި ވެސް އެންމެ އަގު ބޮޑުކޮށް ފަރުނީޗަރުގެ ބާވަތެއް ވިއްކާ އަގަކީ 10000ރ. އެވެ.
މުނިހޯމްކެއާއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ފަރުނީޗަރުގެ ވިޔަފާރި ކުރަމުން ގެންދާ ފަރާތެކެވެ.