09 Aug 2010, 05:09
10:05
ސަރުކާރުން އުއްތަމަ ފަނޑިޔާރު ގަބޫލުނުކޮށް އެޓާނީ ޖެނެރަލް އައްޔަންކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވަރަށް މުއުތަބަރުކޮށް ސަންއެފްއެމް އަށް ޔަގީންވެއްޖެ އެވެ.
ސަރުކާރުގެ ރަސްމީ ފަރާތަކުން ކަށަވަރުކޮށްދެއްވި ގޮތުގައި ބަންޑާރަނައިބުގެ ހުވާ މިއަދު ހެނދުނު 9 ޖެހިއިރު ކުރެއްވުމަށް ކަނޑައަޅުއްވާފައި އޮތީ ޓޫރިޒަމް މިނިސްޓަރު ޑރ. އަހުމަދު އަލީ ސަވާދެވެ. އަދި ހުވާ ލައްވައިދެއްވުމަށް ފަނޑިޔާރަކު ފޮނުވައިދިނުމަށް ޖުޑިޝަލް އެޑްމިނިސް ޓްރޭޝަނުގައި އެދުނު ކަމަށް ވެސް އެނގިފައިވެ އެވެ. ނަމަވެސް ގާނޫނު އަސާސީގެ 131 ވަނަ މާއްދާގައި ބުނަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު އޭނާގެ މަގާމާ ހަވާލުވާންވާނީ އުއްތަމަ ފަނޑިޔާރު ނުވަތަ އޭނާ އެ ކަމަށް ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި ކަމަށެވެ.