04 Oct 2023, 20:49
ޖީމެއިލް ސްޕެމް ނުވަތަ މެއިލް ހެކްކުރުން ފަދަ ސައިބާ ހަމަލާތައް ހުއްޓުވުމަށް ގޫގުލްއިން ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
މި ގެންނަ ބަދަލާ ގުޅޭގޮތުން ގޫގުލްއިން ބުނީ ޔޫޒަރުންނަށް އެއް ދުވަހާ ގިނަ މެސެޖްތަކެއް ނުވަތަ މެއިލްތަކެއް ފޮނުވާނަމަ ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.
އެ ކުންފުނިން ބުނީ ޖީމެއިލް ބޭނުންކުރާ ފަރާތްތަކަށް ދުވާލަކު 5،000 އަށް ވުރެ ގިނަ މެސެޖް ނުވަތަ އީމެއިލް ކުރާ ފަރާތްތަކުން އެ މީހުންގެ މެސެޖުތަކުގައި ވަން ކްލިކް އަންސަބްސްކްރައިބް ބަޓަނެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އަދި އީމެއިލް އެޑްރެސް އޮތެންޓިކޭޓްކޮށް، ސިސްޓަމްތައް ކޮންފިގޭޓްކޮށް، އެ މީހުންގެ ޑޮމެއިން ނަން އޮންނަކަން ސާބިތުކޮށްދިނުމާ އެކު، އައިޕީ އެޑްރެސްތައް ސްޕޫފް ނުކުރާކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.
ގޫގުލްއިން ބުނީ ގޫގުލްގެ ޕޯސްޓްމާސްޓާ ޓޫލްސްއިން މިނެކިރިފައިވާ ގޮތަށް އީމެއިލްތައް ގިނައިން ސްޕެމްގެ ގޮތުގައި ފާހަގަކޮށް، ފޮނުވާ މެސެޖުތަކުގެ 0.3 ޕަސެންޓުގެ "ކްލިއާ ސްޕެމް ރޭޓް ތްރެޝްހޯލްޑް"ގެ ދަށަށް އަންނަ މީހުންގެ މެސެޖުތައް ޑެލިވަރީ ނުކުރެވިދާނެ ކަމަށެވެ.
ގޫގުލްއިން ބުނީ ޔާހޫއިން ވެސް ހަމަ އެ ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށާއި އެ ބަދަލުތަކަށް އަމަލުކުރަން ފަށާނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ޓެކް ކުންފުނިތަކާއި ސްޕެމަރުންގެ މެދުގައި އީމެއިލް ފަދަ އޯޕަން ސިސްޓަމްތައް ބޭނުންކޮށްގެން އޮޅުވާލައިގެން މެސެޖް ފޮނުވުމާއި، ބޭނުންކުރާ މީހުން ޝަކުވާތައް އަންނާނެ ކަމަށް އެކުންފުނިން ދެކެއެވެ. ޒަމާނުއްސުރެ ސްޕެމްއާ ދެކޮޅަށް މެޝިން ލާނިން ޓެކްނިކްސް ބޭނުންކުރަމުން އައި ނަމަވެސް ސްޕެމަސް އިން ކުރީގެ ފިލްޓަރުތައް ހޯދުމަށް އާ ޓެކްނިކްތަކެއް ހޯދުމުން މިއީ ފަހަތަށް ޖެހެމުން އަންނަ ހަނގުރާމައެކެވެ.