Last Updated:
2 year 2 month ago

ލައިވް: އިންތިޚާބީ ރައީސް ޑރ. މުއިއްޒުގެ ކާމިޔާބީގެ އުފާ ފާޅުކުރުން

    ބުލޮގު ޚުލާސާ

    މިއީ، ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން އުފާ ފާޅުކުރުމުގެ ގޮތުން ބާއްވާ ޖަލްސާގެ ލައިވް ކަވަރޭޖެވެ.

    21:46

    ޑރ. މުއިއްޒުގެ ވާހަކަފުޅަށް ފަހު ޖަލްސާ ނިންމާލައިފި. މިހާ ހިސާބުން މި ޖަލްސާގެ ލައިވް ކަވަރޭޖް ނިމުނީ.

    21:43

    ޑރ. މުއިއްޒުގެ ވާހަކަފުޅު ނިންމަވާލައްވައިފި

    ޑރ. މުއިއްޒު ޖަލްސާގައި ވާހަކަދައްކަވަނީ --
    21:42

    17 ވަނަ ދުވަހު ރައީސްކަމުގެ ހުވާކުރަންވާ ތަނަށް ރައީސް ޔާމީން މިނިވަން ނުވާނަމަ، އޭގެ މާނައަކީ ސަރުކާރުގެ ނުފޫޒު ކޯޓުތަކަށް އޮތުން ކަމަށް މުއިއްޒު ވިދާޅުވި

    ޑރ. މުއިއްޒު

    މި ސަރުކާރުން މަޖިލީހުގެ ރައީސް ނަޝީދަށް، ބޮމުގެ ހަމަލާއަށް ފަހު އިންސާފު ހޯދައިނުދޭ ކަމަށް މުއިއްޒު ވިދާޅުވި

    އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުގައި އެމަނިކުފާނަށް ވެސް އިންސާފު ހޯދައިދޭނަނަބް. އިރާދަކުރެއްވިއްޔާ ވާނުވާ ސިސްޓަމް ރާއްޖެއިން ފޮހެލާނަން.

    21:37
    21:37

    މި ދޮޅުމަހެއްހާ ދުވަހުން ޓްރާންޒިޝަނަލް ޕީރިއަޑް ނިމޭއިރު ސަރުކާރުގެ މަސައްކަތް ފަށަން ތައްޔާރުވެވޭނެ ކަމަށާއި ސަރުކާރުން ވެސް މަޖިލީހުން ވެސް ޓްރާންޒިޝަނަލް މަސައްކަތަށް އެއްބާރުލުން ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވި

    21:36

    ކުންފުނިތައް އޮތީ 32 މިލިއަން ރުފިޔާއިން ދަރަނިވެރިފައިވާ ކަމަށާއި، މުއިއްޒުގެ ސަރުކާރުގައި ކުންފުނިތަކުގައި ތިބޭނީ އެ ކުންފުނިތައް ހިންގޭނެ މީހުން ކަމަށް ވިދާޅުވި. ކޮންމެ މަގާމަކަށް ވެސް ލާނީ ރައީސްގެ އަޑު އައްސަވާ މީހުން ކަމަށާއި ފަހު ބަސް ވިދާޅުވާނީ އަބަދުވެސް އެމަނިކުފާނު ވިދާޅުވި.

    ޑރ. މުއިއްޒު

    އަޅުގަނޑުގެ މައްޗަށް ބާރެއް ނުހިނގާނެ އެއްވެސް ބަޔެއްގެ. ރައްޔިތުންގެ ބާރު ހިނގާނީ.
    ޑރ. މުއިއްޒު

    މާލެ ސަރަހައްދު ކަމަށްވަންޏާ ފުށިދިއްގަރު ފަރާއި ގުޅީފަޅާއި ގިރާވަރު ފަޅު ހިމެނޭ ގޮތަށް ގާތްގަނޑަކަށް 65،000 ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީން ފަސް އަހަރު ތެރޭގައިވާ ބިޔަ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް މި ފެށޭ އަހަރު ނިމުމުގެ ކުރީގައި އެއްކޮށް ނިންމަދޭނަން
    21:31

    ސިޔާސީ މަގާމެއް ނޫން އެހެން މަގާމުތަކުގައި ތިބި އެއްވެސް ބަޔަކު ވަޒީފާއިން ވަކިނުކުރާނެ ކަމަށް ވިދާޅުވިވިދާޅުވުން މުއިއްޒު ތަކުރާރުކުރެއްވި. އަދި ޓްރާންޒިޝަން ޕީރިއަޑުގައި ލިބޭ މައުލޫމާތުން، ރަށްރަށުގައި މިހާރު ފަށާފައިވާ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމަށް ވީ ވައުދުވެސް ތަކުރާރުކުރެއްވި.

    ޑރ. މުއިއްޒު

    ނަމަވެސް ގައުމަށް މުހިންމު ކަމެއްގައި ރެސްޕޮންސިބުލް އޮޕޮޒިޝަންއެއް އެއްގަލަކަށް އަރާނެ. އެގޮތަށް އަމަލު ކުރުން އަޅުގަނޑު އެދެން.
    21:28

    މުއިއްޒު ވިދާޅުވީ އެމްޑީޕީން ޑިމޮކްރެސީގެ ހަމަތަކުގެ މަތިން މަރުހަބާ ކިޔުމުން ޝޫކުރުވެރިވާ ކަމަށް. އަދި އެ ޕާޓީ ޒިންމާދާރު އޮޕޮޒިޝަންއެއްގެ ގޮތުގައި އޮތުމަށް މަރުހަބާ ކިޔާ ކަމަށް. ކޮންމެ ސަރުކާރަކަށް އެފަދަ އޮޕޮޒިޝަންއެއް ބޭނުންވާނެ ކަމަށް ވިދާޅުވި.

    ޑރ. މުއިއްޒު

    ހަގީގީ މާނައިގައި ތަރައްގީ ގެނެސްދީ، ޔަގީންކޮށްދޭނަން. އަޅުގަނޑު މިނިވަންކަން ޔަގީންކޮށްދޭނެ ވައުދުވިން. 17 ނޮވެމްބަރުގައި ފެށޭނީ އެގޮތުން ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް.
    ޑރ. މުއިއްޒު

    ހަމަތަކުގެ ތެރެއިން، މިގައުމުގައި ތިބި ބޭރުގެ ސިފައިން ބޭރުކުރާނަން. އަޅުގަނޑުމެން އެކަން ނިންމާފަ، ރައްޔިތުން މި އޮތީ ނިންމާފަ ބޭނުންނުވާކަމަށް، އަޅުގަނޑުމެންގެ ވިލްއަކާ ދެކޮޅަށް މިތާ ނުތިބެވޭނެ.
    21:22

    އީދު ދުވަހު މާލޭގައި ސިޓީ ކައުންސިލުން ބޮކި ދިއްލައި ތަކުބީރު ކިޔުމުން، ރައްޔިތުންގެ ފަރާތުން ފެނުނު އުފާވެރިކަން ފެނުނު ކަމަށާއި އެކަން އެހެން ރަށްރަށުގައި ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި

    ޑރ. މުއިއްޒު

    ގ

    އަޅުގަނޑު އެދެނީ ގައުމުގެ ހަމަޖެހުން އަޅުގަނޑުމެން އިސްކުރުން. ބަދަލުހިފުމުގެ ރޫހު ތާއަބަދަށް ނެތިގެން ދިޔުން.

    21:19

    އެހެން ހުރިހާ ކަމަކަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރުމަށް މުއިއްޒު ވިދާޅުވި

    21:16

    މުއިއްޒު ވިދާޅުވީ މި ނާޒުކު ދަނޑިވަޅުގައި ގައުމުގެ މުސްތަގުބަލު އުޖާލާ ކުރުމަށާއި މިނިވަންކަން ޔަގީން ކުރުމަށް ޓަކައި އެ މަނިކުފާނު އިންތިޚާބު ކުރުމުން ޝުކުރުވެރިވާ ކަމަށް. އަދި ވޯޓު ނުދޭ މީހުންނަށް ވެސް ޝުކުރުވެރިވާ ކަމަށާއި އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނެތި ޚިދުމަތް ކުރާނެ ކަމަށް ވިދާޅުވި.

    21:14

    ޑރ. މުއިއްޒު މިހާރު ގެންދަވަނީ ތަގުރީރުކުރައްވަމުން

    އިންތިޚާބީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ސޯޝަލް ސެންޓާރަށް ވަޑާއިގަތުން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
    އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ސޯޝަލް ސެންޓަރަށް ވަޑައިގަތުން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
    21:13

    ޑރ. މުޙައްމަދު މުއިއްޒު އިންތިޚާބުވުމާ ގުޅިގެން އުފާ ފާޅުކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވުމަށް ގިނަ ބަޔަކު އެއްވެ، ސޯޝަލް ސެންޓަރު ވަނީ ފުރާލާފަ.