ޅ. ނައިފަރުން ގެއްލިގެން ހޯދަން އިއުލާންކުރި 13 އަހަރުގެ ކުއްޖާ ފެނިއްޖެއެވެ.

ފުލުހުން އިއްޔެ ބުނީ ގެއްލިފައި ވަނީ ނައިފަރު ސީނިޔާގެ، ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ކަމަށެވެ.

މިއަދު ފުލުހުން ބުނީ އެ ކުއްޖާ ނައިފަރުން ފެނިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށެވެ.

ފުލުހުން އިއްޔެ ބުނި ގޮތުގައި ކުއްޖާ ގެއްލުމުގެ ކުރިން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ނައިފަރުންނެވެ.

މިދިޔަ މަހު ވެސް ޒުވާނުންތަކެއް ގެއްލިގެން ހޯދަން ފުލުހުން އިއުލާންކޮށްފައިވެއެވެ. އާންމުކޮށް މާލެ ސަރަހައްދުން ގެއްލިގެން ރިޕޯޓުކުރާ އެ މީހުން ގެއްލޭތާ މާ ގިނަ ދުވަސްތަކެއްނުވެ، ޚަބަރެއްވާކަން ފުލުހުުން އިއުލާންކުރެއެވެ.