13 May 2012, 17:50
އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ބުލެޓް ސައިޒުގެ ރަބަރު ޕެކެޓަކާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރު ކުރީ ނ. ހޮޅުދޫ ، ގުލްދަސްތާގެ ޙާމިދު ރަޝީދު (26އ) އެވެ.
އޭނާ ހައްޔަރު ކުރަން އޮޕަރޭޝަނެއް ހިންގީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ހާމިދު ހައްޔަރު ކުރީ މާލެ އިން މަހިބަދު އަށް ދިޔަ ދޯންޏަކުން ގެންދިޔަ ކަރުދާސް ފޮށިގަނޑެއް ހިފައިގެން ދަނިކޮށެވެ. ފުލުހުން ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިކުރުމުން އޭނާ ހިފައިގެން ދިޔަ ފޮށިގަނޑު ތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ބްލެޓް ސައިޒްގެ އެ ޕެކެޓް ފެނިފައިވާ ކަމަށެވެ.