އުރީދު މޯލަދިވްސްއިން އައިފޯން 15 ޕްރި އޯޑާ ކުރި ކަސްޓަމަރުންނަށް އެ ފޯނުތައް ދޫކުރަން ފަށައިފިއެވެ.

އުރީދޫން ބުނީ ޕްރި އޯޑާ ކުރި ކަސްޓަމަރުންނަށް ފޯނުތައް ދޫކުރީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވުނު ހާއްސަ ހަރަކާތެއްގެ ތެރޭގައި ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި މި ހަރަކާތަކީ ކިއުގައި ނުޖެހި ލައިވް މިއުޒިކާ އެކު ހިއްގައިމު މާހައުލެއްގައި ބޭއްވި ހަރަކާތެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ޕްރީ އޯޑާ ކުރި ކަސްޓަމަރުންގެ ތެރެއިން އެރޭގެ ހަރަކާތުގައި ފޯނާ ހަވާލުވާން ވަޑައިނުގަނެވުނު މީހުންނަށް މިހާރު މޫލީއިން މިހާރު ފޯނުތައް ރާއްޖޭގެ އެކި ހިސާބުތަކަށް ޑެލިވާ ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ޕްރި އޯޑާ ކުރި ކަސްޓަމަރުންނަށް ފޯނު ހަވާލު ކުރުމުގެ ހަރަކާތުގެ ތެރެއިން--

މޫލީ މެދުވެރިކޮށް އައިފޯން ޕްރީއޯޑާ ކުރި ކަސްޓަމަރުންނަށް ހާއްސަ އޮފަރއެއްގެ ގޮތުން، އުރީދޫ ނެޓްވޯކްގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަކާ އެކު 100 ޖީބީ މޮބައިލް ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އަދި ބޯނަސް ޑޭޓާ ހޯދުމަށް ފޯނު ޕްރީ އޯޑަރު ކުރެއްވި ފަރާތްތަކުން “Bonus100GB” ކީވޯޑާ ޖައްސަވާ 5555 އަށް އެސްއެމްއެސް ކޮށްލެއްވުމުން ބޯނަސް ޑޭޓާ ލިބޭނެ ކަމަށް ވެސް އުރީދޫން ވަނީ ބުނެފައެވެ.

އައިފޯން 15 އަދި އައިފޯން 15 ޕްލަސް ފަރުމާކޮށްފައިވަނީ ބާރުގަދަ 48 އެމްޕީގެ މެއިން ކެމެރާއަކާއި، 2x އިތުރު ޓެލެފޮޓޯ އޮޕްޝަނާއި، އޭ16 ބަޔޮނިކް ޗިޕް އަދި ޔޫއެސްބީ-ސީ ޗާޖިންގް ޕޯޓް ހިމެނޭގޮތަށެވެ.

ޕްރި އޯޑާ ކުރި ކަސްޓަމަރުންނަށް ފޯނު ހަވާލު ކުރުމުގެ ހަރަކާތުގެ ތެރެއިން--

އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލްއިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ. ވަރުގަދަ ނަމަވެސް ލުއި ޓައިޓޭނިއަމްއިން ފަރުމާކޮށްފާވާ މި ފޯނުތަކުގައި ބޮޑެތި އަޕްގްރޭޑްތަކާއި އެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިން ޕޯޓް ހިމެނެ އެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ދުނިޔޭގެ ބާޒާރަށް އައިފޯނު 15 ނެރެފައިވާއިރު، އެޕަލް ވޮޗް ސީރީޒް ނުވައެއް އަދި އެޕަލް ވޮޗް އަލްޓްރާ ދޭއް ވެސް ވަނީ ދުނިޔޭގެ ބާޒާރަށް ނެރެފައެވެ.