ހަލުވި ސްޕީޑުގައި އިންޓަނެޓް ދިނުމަށް ދިރާގުން 5ޖީ ޓާބޯ ވައިފައި ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަލަށް ތައާރަފު ކުރި ޕްލަގް އެންޑް ޕްލޭ 5ޖީ ޓާބޯ ވައިފައިއިން ކަސްޓަމަރުންނަށް މިހާރު ހަލުވި އިންޓަނެޓު ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުން ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ޓާބޯ ވައިފައި ޑިވައިސްއާއެކު، ކަސްޓަމަރުންނަށް އެ ޑޭޓާ ބޭނުންތައް ފުއްދުމަށް ތަފާތު އަގުތަކާއި، ޑޭޓާ އެލަވަންސްތަކުގެ އެކިއެކި ޕްރީޕެއިޑް އަދި ޕޯސްޓް ޕެއިޑް ޕެކޭޖުތައް ބޭނުން ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޚާއްސަ 5ޖީ ބޫސްޓާތައްވެސް ކަސްޓަމަރުންނަށް ނެގޭނެ ކަމަށާއި، ޓާބޯ ޕޯސްޓްޕެއިޑް ޕެކޭޖްތައް ނަގާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާއާއެކު ބޭނުން ނުކުރާ ޑޭޓާ، އެއް މަސް ދުވަހަށް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ދިރާގުން ބުނެފައިވެއެވެ.

މީގެ އިތުރަށް ދިރާގުން ބުނީ އަލަށް ތައާރަފު ކުރި 5ޖީ ޓާބޯ އާ ގުޅޭ އިތުރު މައުލޫމާތުދިރާގުގެ ވެބްސައިޓުންލިބޭނެ ކަމަށެވެ.

އަދި ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.