މަހުޖަނުންނާއި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ތަރީންގެ ދިރިއުޅުމަކީ އާންމު މީހުންނަށް ގަބޫލު ކުރަން އުނދަގޫ ވާނެ ދިރިއުޅުންތަކެކެވެ. އެ މީހުން ކައި ބޮއި އުޅޭ ގޮތުން ފެށިގެން ލާ ހެދުމަކީ ވެސް އާންމުންނަށް ހޯދޭނެ އެއްޗެއްސެއް ނޫނެވެ. މި ފަހަރު ހޮލީވުޑްގެ ރެޕް ލަވަކިޔުންތެރިއެއް ކެއި ހޮޓް ޑޯގެއް މިއޮތީ މިފަދަ އެއްޗަކަށް ވެފައެވެ.

މަޝްހޫރު ގްރޫޕު "މީގޯސް"ގެ މެންބަރެއް ކަމަށްވާ ކުއޭވޯ ދާދި ފަހުން ހޮޓް ޑޯގެއް ކާން އިން މަންޒަރު ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ އޭނާ ހޮޓް ޑޯގް އާންމުންނަށް ދައްކާލައި ކާ ތަނެވެ. ފުރަތަމަ ވީޑިއޯ ބަލާލާއިރު އެ ހޮޓް ޑޯގް ހީވަނީ ހަމަ އާންމު މީހުން ކާ ޒާތުގެ ހޮޓް ޑޯގް ހެނެވެ. ތަފާތު ކަމެއް ފެންނާކަށް ނެތެވެ.

ދެން އިރުކޮޅަކުން އޭނާ ގެންގުޅުން ހޮޓް ޑޯގް ކެމެރާ އާ ކައިރި ކޮށްލުމުން އޭގައި ރަންކޮޅުކޮޅު ހުރިތަން ފެނެެއެވެ. އެހާ ހިސާބުން މިއީ އާދައިގެ އެއްޗެއް ނޫން ކަން އެނގުނެވެ.

އެ ހޮޓް ޑޯގް ކަމުން ކުއޭވޯ ބުނެފައިވަނީ އެއީ 100،000 ޑޮލަރުގެ އެއްޗެއް ކަމަށެވެ.

https://twitter.com/HipHopDX/status/1708172800505389269

މި ކަމާ ގުޅިގެން އެތައް ބަޔަކު އަންނަނީ އޭނާ އަށް ފާޑު ކިޔަމުންނެވެ. އެއްބަޔަކު ބުނަމުން އަންނަނީ މަހުޖަނުން ފައިސާ އިސްރާފު ކުރުމުގެ ހައްދެއް ނެތް ކަމަށެވެ. އަނެއް ބަޔަކު ބުނަމުން އައީ އެއީ ދޮގެއް ކަމަށެވެ.

ބޭރުގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ކުއޭވޯގެ ހޮޓް ޑޯގްގެ އަގު ބޮޑު ކޮށްފައިވާ ކަމަށް ބުނުމަކީ އެކަށީގެންވާ ކަމެކެވެ. އެ އަދަދަށް މީހަކު ހޮޓް ޑޯގެއް ނުގަންނާނެ ކަމަށް ބައެއް ނޫސް ތަކުން ބުނެއެވެ.

އެހެންނަމަވެސް އެ ހޮޓް ޑޯގް އަކީ އާންމު އަގުތަކާ ހިލާފަށް އަގުބޮޑު އެއްޗެއް ކަމަށް ބެލެވޭ ކަމަށް ނޫސްތަކުން އިއްތިފާގުވެއެވެ. މިފަދަ އަގުބޮޑު ހޮޓް ޑޯގްތަކުގެ އަގުތައް އާންމުކޮށް 1،000 ޑޮލަރާއި 2،500 ޑޮލަރާ ދެމެދުގައި އުޅޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް ކުއޭވޯ ކޭ ހޮޓް ޑޯގްގެ އަގު ކަށަވަރު ކުރެވޭނެ ގޮތެއް ނެތް ކަމަށް ވެސް ގިނަ ބަޔަކު ބުނެއެވެ.