ޅ. ނައިފަރުން 13 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިފައި ވަނީ ނައިފަރު ސީނިޔާގެ، ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ކަމަށެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ނައިފަރުން ކަމަށާއި އޭރު ލައިގެންހުރީ މުށިކުލައިގެ ޓޮޕަކާއި މަޑުނޫކުލައިގެ ޖީންސެއް ކަމަށާއި އަރައިގެން ހުރީ ކަޅުކުލައިގެ ފައިވާނަކަށް ކަމަށް އާއިލާއިން ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުުހުން ވަނީ އެ ކުއްޖާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅުމަށް އެދިފައެވެ.

މިދިޔަ މަހު ވެސް ޒުވާނުންތަކެއް ގެއްލިގެން ހޯދަން ފުލުހުން އިއުލާންކޮށްފައިވެއެވެ. އާންމުކޮށް މާލެ ސަރަހައްދުން ގެއްލިގެން ރިޕޯޓުކުރާ އެ މީހުން ގެއްލޭތާ މާ ގިނަ ދުވަސްތަކެއްނުވެ، ޚަބަރެއްވާކަން ފުލުހުުން އިއުލާންކުރެއެވެ.