ކޯސްޓުގާޑާއި އިންޑިއާގެ ނޭވީ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރަންފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މި ޕެޓްރޯލް ކުރުންތަކުގައި އިންޑިއަންނޭވީގެ މަނަވަރަކާއި ރާއްޖެގެ ކޯސްޓުގާޑް ހުރަވީ އާއި ޝަހީދުއަލީ ހަރަކާތްތެރިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ ޕެޓްރޯލް ކުރުންތަކުގައި ރާއްޖޭގެ ހުޅަނގު ބިތުގައި ޕައިރަސީގެ ހަރަކާތްތައް އިތުރުވެފައި ވާތީ އެ ސަރަހައްދު ހާއްސަކޮށް ބެލެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ޕެޓްރޯލް ކުރުންތަކުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ކަމެއް ކުރާނަމަ އެކަމެއް ބަލައި އެފަދަ ކަމެއް ހިނގާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ޕެޓްރޯލް ކުރުންތަށް ހިންގަން ހަމަޖެހިފައި ވަނީ ފަސް ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެމްއެންޑީއެފްއާއި ރާއްޖޭގެ ކޯސްޓްގާޑް ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމަށް ދޭތެރެ ދޭތެރެއިން އެފަދަ އޮޕްރޭޝަންތައް ހިންގަ އެވެ.