މިއީ ވައުދުތަކާއި ގޮންޖެހުންތަކުގެ ޒަމާނެކެވެ. މި ދުނިޔެއަށް މިހާރު ބަދަލުތައް އަންނަނީ ގަރުނެއްގެ ތެރޭގައި ނުފެންނަ މިންވަރަކަށެވެ. ކުރީގެއާއި މިހާރު މައްސަލަތައް އެއްވެ، މުޖުތަމައަށް ދަނީ ކުރިން ނުދެކޭ ފަދަ ގޮންޖެހުންތަކެއް ކުރިމަތިކުރަމުންނެވެ. މި އާ ޒަމާނަށް ބޭނުންވަނީ އާ ޚިޔާލުތަކެކެވެ. މުޅި އިންސާނިއްޔަތަށް މިހާރު ބޭނުންވެފައި ވަނީ ތާރީޚުން ލިބިދޭ ފިލާވަޅުތަކުން ވެސް އެއީ ރަނގަޅު ޚިޔާލުތަކެއްކަން ސާބިތުކުރެވޭ، ހަރުދަނާ ތަރައްގީ ގެނެވޭނެ ޚިޔާލުތަކެކެވެ.

''އިންސާނިއްޔަތުގެ މިސްރާބަކީ ކޮބައިތޯ؟'' މިއީ ދުނިޔެއާއި ތާރީޚުންނާއި މި ޒަމާނުން ވެސް އުފެދޭ ޒުވާލެކެވެ. މީގެ 10 އަހަރު ކުރިން ރައީސް ޝީ ޖިންޕިންގް ވަނީ އެ ސުވާލަށް ޖަވާބު ދެއްވައިފައެވެ. އެގޮތުން މުސްތަގުބަލަށް ޓަކައި ދުނިޔޭގެ އެންމެން ބައިވެރިވެގެން މަސައްކަތް ކުރުމުގެ ޚިޔާލު އެ މަނިކުފާނު ހުށަހެޅުއްވިއެވެ. މިއީ ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް ބޭނުންކުރެވޭނެ ޚިޔާލެކެވެ. އަދި މި ހުށަހެޅުމުން ރަމްޒުކޮށްދެނީ އަޅުގަނޑުމެން އެންމެން މި ދިރިއުޅޭ ދުނިޔެ ރައްކާތެރިކުރުމަށާއި އެންމެންނަށް ވެސް ތަނަވަސްކަން ގެނެސްދިނުމަށް ކުރާ މަސައްކަތުގައި ޗައިނާގެ ހިއްސާ އޮތް މިންވަރެވެ.

ފާއިތުވި 10 އަހަރު ތެރޭގައި މި ތަސައްވުރު ހަގީގަތަކަށް ހެދުމުގައި ކުރިއެރުންތައް ހޯދިފައިވެއެވެ. އެގޮތުން އެއް ގައުމުން އަނެއް ގައުމުން ފެށިގެން ގޮސް، ގިނަ ގައުމުތަކުގެ މެދުގައާއި ސަރަހައްދީ ގޮތުން ވެސް މަސައްކަތް ކުރެވި، ދުނިޔޭގެ ފެންވަރުގައި ކާމިޔާބީތައް ހޯދިފައިވެއެވެ. އޭގެ ތެރޭގައި، ރައްޔިތުންނަށް ފާހަގަކޮށްލެވޭ ފަދަ ފައިދާތައް ގެނެސްދީ، ތަނަވަސްކަމާއި ހަމަޖެހުން ގެނައުމަށް އެހީތެރިވެދިން މަޝްރޫއުތައް ހިމެނެއެވެ. މިސާލެއްގެ ގޮތުން، ބެލްޓް އެންޑް ރޯޑް އިނިޝިއެޓިވް، ގްލޯބަލް ޑެވެލޮޕްމެންޓް އިނިޝިއެޓިވް، ގްލޯބަލް ސެކިއުރިޓީ އިނިޝިއެޓިވް އަދި ގްލޯބަލް ސިވިލައިޒޭޝަން އިނިޝިއެޓިވް ހިމެނެއެވެ.

މުސްތަގުބަލަށްޓަކައި އެންމެ ހިއްސާވެގެން މަސައްކަތް ކުރުމުގެ ޚިޔާލަށް މި މުއްދަތުގައި ވަނީ ތާއިދު ފުޅާވެފައެވެ. މިއީ މުޅި އިންސާނިއްޔަތުގެ މަސްލަހަތު އިސްކޮށް، ސުލްހަ އާއި އިންސާފާއި ތަރައްގީއަށް ގޮވާލާގޮވާލުން ރަމްޒުކޮށްދޭ އަދި މިހާރަށް ވުރެ ފަހި ދުނިޔެއަކަށް ޓަކައި މަސައްކަތް ކުރުމަށް ހުރިހާ ގައުމެއް އެއްބައިވަންތަ ކުރުވާނެ ތަސައްވުރެއްކަން އެއްބަސްވާ ގައުމުތަކާއި ރައްޔިތުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި މިއީ އަމިއްލަ މަސްލަހަތާ ގުޅުން ހުރި ތަސައްވުރެއް ނޫންކަން ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ ބަލައިގެންފައެވެ. ޗައިނާއިން ހުށަހަޅާ ތަސައްވަރުން، ބައެއް ގައުމުތަކުން އެހެން ގައުމުތަކުގެ މައްޗަށް ބާރު ހިންގުމަށް ގެންގުޅޭ ފިކުރަށް ގޮންޖަހައެވެ. އެހެންކަމުން މިއީ ހުރިހާ ގައުމެއްގެ މެދުގައި އެއްބާރުލުން އިތުރުކޮށް، އިންސާނިއްޔަތަށް މިހާރަށް ވުރެ ރަނގަޅު މުސްތަގުބަލެއް ބިނާކުރުމަށް ވަރަށް މުހިންމު ތަސައްވުރެކެވެ.

އެންމެން ހިއްސާވެގެން މަސައްކަތް ކުރާ ބައިނަލްއަގުވާމީ މުޖުތަމައެއް ބިނާކުރުމަކީ އެއްބައިވަންތަކުރުމާއި އެއް ގައުމުން އަނެއް ގައުމަށް ފައިދާވާ ގޮތަށާއި ހަމަހަމަކަމާއި އިންސާފުވެރިކަމަށް މަސައްކަތްކުރުމެވެ. އޭގެ ބޭނުމަކީ ވަކި ނިޒާމެއް ނުބަތަ މުޖުތަމައެއް ބަދަލުކުރުމެއް ނޫނެވެ. ނަމަވެސް ތަފާތު އިޖުތިމާއީ ނިޒާމުތަކާއި ފިކުރުތަކާއި ތާރީޚުތަކާއި ސަގާފަތްތަކާއި ތަރައްގީގެ ގޮތުން ފަރަގު އޮތް ގައުމުތައް އެއްވެ، ދުނިޔޭގެ ކަންކަމުގައި ހިއްސާވާ މަސްލަހަތުތަކާއި ހިއްސާކުރެވޭ ހައްގުތަކާއި ހިއްސާވާ ޒިންމާތައް ކުރިއެރުވުމެވެ. މި ތަޞައްވުރު އޮތީ ތާރީޚުގެ ރަނގަޅު ފަރާތުގައި، އަދި އިންސާނީ ކުރިއެރުމަށް މަގުފަހިކުރާށެވެ. މި ތަސައްވުން ބައިނަލްއަޤްވާމީ ގުޅުންތަކަށް އާ އުސޫލެއް ތަޢާރަފުކޮށް، ދުނިޔޭގެ ވެރިކަމަށް އާ ޚިޔާލުތައް ފޯރުކޮށްދީ، ބައިނަލްއަޤްވާމީ ގޮތުން ޚިޔާލުތައް ބަދަލުކުރުމަށް އާ ފުރުޞަތުތައް ހުޅުވާލައި، މިހާރަށްވުރެ ހަރުދަނާ ދުނިޔެއަކަށް އާ ބްލޫޕްރިންޓެއް ކުރަހާލައެވެ.

އަޅުގަނޑުމެން ބިނާކުރަންވީ މަޝްވަރާއާއި ލަފާގެ އެހީގައި، ސުލްހަވެރި ދުނިޔެއެކެވެ. ޔުނެސްކޯގެ މައި މަރުކަޒުގެ ދޮރުމަތީގައި ހުރި ފާރުގައި ލިޔެފައިވަނީ އެންމެ މެސެޖެކެވެ. އެއީ "ހަނގުރާމަތައް ފެށެނީ އިންސާނުންގެ ސިކުނޑިން ކަމަށްވާތީ، ސުލްހައިގެ ދިފާޢީ ބާރުތައް ބިނާކުރަންޖެހެނީ އިންސާނުންގެ ސިކުނޑީގައެވެ." މުޅި އިންސާނީ ތާރީޚުގައި ބާރާއި ވެރިކަމަށް ދެވިހިފުމުގެ ސަބަބުން ގިނަގިނައިން ހަނގުރާމަތަކަށް މަގުފަހިވެ އޭގެ ނަތީޖާއެއްގެ ގޮތުން ފުރާނަތައް ގެއްލިފައިވެއެވެ. އެއީ ވޭންދެނިވި ފިލާވަޅުތަކެއް ކަމުން، ހަނގުރާމައިގެ ޚިޔާލުތައް ފޮހެލަން ޖެހެއެވެ. ބޮޑެތި ޤައުމުތަކުން ކުދި ގައުމުތަކަށް ބާރު ހިންގަން މަސައްކަތް ކުރުމުގެ ބަދަލުގައި އެއީ ހަމަހަމަ ގައުމުތަކެއްގެ ގޮތުގައި ބަލަން ޖެހެއެވެ. އެއްވެސް ގައުމަކުން ގަސްތުގައި ހަތިޔާރާއެކު ހަމަނުޖެހުން އުފައްދައި ހަލަބޮލިކަން އުފައްދައި، ބައިނަލްއަގްވާމީ ގާނޫނީ ވެރިކަމަށް ބުރޫއަރާނެ ފަދަ ކަމެއް ކޮށްގެން ނުވާނެއެވެ. އެއް ގައުމު އަނެއް ގައުމުގެ އިސްތިޤްލާލަށް އިޙްތިރާމްކޮށް، މަސްލަހަތާއި ބޮޑެތި ކަންބޮޑުވުންތަކަށް ވެސް އިޙުތިރާމްކޮށް، އެހެން ގައުމުތަކުގެ ރައްޔިތުން ޚިޔާރުކުރާ ތަރައްޤީގެ މަގާއި އިޖުތިމާޢީ ނިޒާމަށް އިޙްތިރާމް ކުރަންޖެހެއެވެ.

އަޅުގަނޑުމެންވީ ގުޅިގެން މަސައްކަތްކޮށްގެން އެންމެންނަށް ރައްކާތެރިކަމުގެ ދުނިޔެއެއް ބިނާކުރާށެވެ. މާނައަކީ އެއް ގައުމުގެ ރައްކާތެރިކަން ހުރިހާ ގައުމަކަށް އާންމު ރައްކާތެރިކަމަށް ބަދަލުކުރުމެވެ. މުޅިން ރައްކާތެރި އެއްވެސް ގައުމެއް ދުނިޔެއަކު ނެތެވެ. އަދި އެއް ގައުމެއްގެ ހަމަނުޖެހުމުން އަނެއް ގައުމަށް ސަލާމަތް ގާއިމުނުކުރެވޭނެއެވެ. އެހެން ގައުމުތަކަށް އިންޒާރު ދިނުމަކީ އަމިއްލަ ގައުމަށް ގޮންޖެހުމަކަށް ބަދަލުވެދާނެ ކަމެކެވެ. އަވަށްޓެރިންނަށް އުނދަގުލާ ދިމާވެފައިވާ ހާލަތުގައި، އަމިއްލަ ފާރުތައް ވަރުގަދަ ކުރުމުގެ ބަދަލުގައި އެހީތެރިކަމުގެ އަތެއް ދިއްކުރަން ޖެހެއެވެ. ގިނަ ފަހަރަށް ގޮންޖެހުންތައް ދުނިޔޭގެ ފެންވަރަށް ބަދަލުވާތީ، މައްސަލަތައް ހައްލުކުރުމަށް އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުން މުހިންމެވެ. އެގޮތުން އެކަމަށް ހިތްވަރުދީ، ފުރުސަތުތައް ފަހިކުރަން ޖެހެއެވެ. އެއްފަރާތުން ފިޔަވަޅު އެޅުމަކީ ނުވަތަ ކޮންމެ ހާލަތެއްގައި ބާރު ބޭނުންކުރެވޭނެ ކަމަށް ގަބޫލުކުރުމަކީ ބައިނަލްއަޤްވާމީ ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކާތަކަށް ހައްލު ކުރެވޭނެ ގޮތެއް ނޫނެވެ. ހަމައެކަނި ހައްލަކީ އެއްބާރުލުންދީ އާންމު ސަލާމަތް ގާއިމުކުރުމެވެ. ޤައުމުތަކުގައި ޚިޔާލުތަފާތުވުންތައް ހުރުމަކީ އާންމު ކަމެކެވެ. އެކަންކަން ހައްލުކުރަންޖެހޭނީ މަޝްވަރާއާއި ލަފާގެ ތެރެއިންއެވެ. އަޅުގަނޑުމެން އިޚްލާޞްތެރިކަމާއި ހެޔޮއެދުމާއި ސިޔާސީ ޙިކުމަތް ދައްކާހާ ހިނދަކު، އެއްވެސް ކޯޅުންގަނޑަކީ ހައްލުކުރަން މާ ބޮޑު ކަމެއް ނޫނެވެ.

އަޅުގަނޑުމެން ބިނާކުރަންވީ, ދެ ފަރާތަށް ވެސް ފައިދާވާ ފަދަ މަސައްކަތްތަކުގެ ތެރެއިން ތެރެއިން އާންމު ތަނަވަސްކަމުގެ ދުނިޔެއެކެވެ. މާނައަކީ ކާމިޔާބު ހޯދާ ބަޔަކަށް ހުރިހާ ފައިދާއެއް ލިބުމުގެ ބަދަލުގައި ތަރައްގީގެ ކާމިޔާބީތައް ހިއްސާކުރުމެވެ. މިޒަމާނުގައި ބައިނަލްއަޤްވާމީ މުޖުތަމަޢު ތަރައްޤީވެފައިވަނީ، އޭގެ އެއްވެސް ބައެއް ނައްތާލައިފިނަމަ، މުޖުތަމައު ހިންގުމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެތެ ގޮތަކަށެވެ. އަޅުގަނޑުމެން އިޤްތިޞާދީ ގްލޯބަލައިޒޭޝަންގެ ޞައްޙަ މިސްރާބުގައި ތިބެންޖެހެއެވެ. އަދި ޓެކްނޮލޮޖީގެ ބްލޮކޭޑްތަކުން ދުރުހެލިވާންޖެހެއެވެ. އަޅުގަނޑުމެން ދުނިޔޭގެ އިޤްތިޞާދުގެ ބޮޑުކުރާއިރު، ތަރައްޤީގެ ކާމިޔާބީތަކުން ހުރިހާ ޤައުމެއްގެ މީހުންނަށް ހަމަހަމަ ގޮތެއްގައި ފައިދާ ލިބޭ ގޮތަށް ބަހައި، ހަޤީޤީ އެއްބާރުލުމާއި މޮޅު ނަތީޖާތަކެއް ނެރެވޭތޯ މަސައްކަތްކުރުން މުހިންމެވެ.

އަޅުގަނޑުމެންގެ ދުނިޔެ ސާފުތާހިރު، ރީތިކުރުމަށް ޓަކއި ތިމާވެއްޓާ ރައްޓެހި ގޮތަކަށް އަމަލުކޮށް، ތަރައްގީގެ މަސައްކަތްތަކުގައި ކާބަން މަދުކުރަން ޖެހެއެވެ. އެއީ އިޔާދަނުކުރެވޭ ގޮތަށް ވަސީލަތްތައް ބޭނުންކުރުން ހުއްޓާލުމާއި ފަރުބަދަތަކާއި ސާފު ފެން ރައްކާތެރިކުރުމެވެ. އިންސާނުންގެ ދިރިއުޅުން ވަނީ ގުދުރަތީ މާހައުލާ ލާމެހިފައެވެ. މި މާހައުލަށް ކުރާ ކޮންމެ ގެއްލުމެއްގެ ނޭދެވޭ އަސަރު ކުރާނެއެވެ. އަޅުގަނޑުމެން ގިނަ ފަހަރަށް ވަޔާއި ފެނާއި، ބިމާއި، ނޫ އުޑު ފަދަ ގުދުރަތީ ވަސީލަތްތައް އާދައިގެ ކަމެއްގެ ގޮތުގައި ނަގައެވެ. އެކަމަކު އެއާ ނުލައި އަޅުގަނޑުމެންނަށް ދިރިއެއް ނޫޅެވޭނެއެވެ. ސިނާޢީ ތަރައްޤީގެ ސަބަބުން މީގެ ކުރިން ދުވަހަކުވެސް ނުފެންނަ މާއްދީ މުއްސަނދިކަމުގެ ފެންވަރެއް އުފެދިފައިވީނަމަވެސް، އެކަމުގެ ސަބަބުން ތިމާވެއްޓަށްވެސް އިއާދަނުކުރެވޭފަދަ ގެއްލުންތަކެއް ލިބިފައިވެއެވެ. އަޅުގަނޑުމެންނަށް ކުރީގެ ޖީލުތަކުން އަޅުގަނޑުމެންނަށް ފޯރުކޮށްދިން ހުރިހާ ވަސީލަތްތަކެއް ހުސްކޮށް، އަޅުގަނޑުމެންގެ ދަރިންނަށް އެއްވެސް ކަމެއް ދޫކޮށްނުލާ، ނުވަތަ ފަނާކުރަނިވި ގޮތެއްގައި ތަރައްޤީ ކުރިއަށް ގެންގޮސްގެން ނުވާނެއެވެ. ފަރުބަދަތަކާއި ސާފު ފެނަކީ އަގުހުރި މުދަލެވެ. އަޅުގަނޑުމެން ގުދުރަތުގެ ޤާނޫނުތަކަށް ތަބާވެ، މި މާހައުލަށް ގެއްލުމެއް ނުދީ ދިރިއުޅެން ޖެހެއެވެ.

ހުރިހާ އުސޫލުއްވެސް ޒަމާނަށް ފެތޭ ގޮތަށް ބަދަލުކުރަން ޖެހެއެވެ. މުސްތަގުބަލަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައަކުން ގުޅިގެން މަސައްކަތް ކުރުމުގެ ހުށަހެޅުމަށާއި އެ ތަސައްވަރު ތަންފީޒު ކުރުމަށް ފުޅާ ދާއިރާއެއްގައި ވަނީ އެއްބަސްވެވިފައެވެ. މުސްތަޤްބަލަށް ބަލާއިރު މި ތަސައްވުރަކީ މުޖުތަމަޢަށް ޢާންމު ތަރައްޤީއާއި، ދިގުމުއްދަތުގެ ހަމަޖެހުމާއި، ދެމެހެއްޓެނިވި ތަނަވަސްކަމެއްގެ ރީތި ފުރުޞަތެއް ހުޅުވާލާ، ހަގީގީ، ފަންނުވެރި ފިކުރެއްގެ ގޮތުގައި ވިދާލާނެ ތަސައްވުރެކެވެ. އިންސާނުންގެ މުސްތަގުބަލު އުޖާލާއެވެ. ނަމަވެސް އެ މުސްތަގުބަލަށް ވާސިލުވެވޭނީ މަސައްކަތްކޮށްގެންނެވެ. މި ތަސައްވުރު ތަންފީޒު ކުރުމަކީ އެތައް ޖީލެއްގެ ބުރަ މަސައްކަތް ބޭނުންވާނެ، ތާރީޚީ މަސައްކަތެކެވެ.

މި މަސައްކަތަށް ޓަކައި ޗައިނާއިން އޮތީ ރާއްޖެއާއި އެހެނިހެން ގައުމުތަކާ އަތުގުޅާލައި، މަސައްކަތް ކުރަން ތައްޔާރަށެވެ.

ނޯޓް: މިއީ ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީގެ ލިޔުމެއްގެ ތަރުޖަމާއެކެވެ.