01 Oct 2023, 10:28
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތައުރީފު ކުރައްވައިފިއެވެ
ރޭ ނިމުނު ރިޔާސީ އިންތިޚާބާ ގުޅިގެން ނަޝީދު، ރައީސަށް ތައުރީފު ކުރައްވައިފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ސޯލިހު ކުރެއްވި ފުރިހަމަ ކެމްޕޭނާއި، ދެއްކެވި ހިއްވަރާއި، ރިވެތި މިސާލަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށާއި މުޅި އެމްޑީޕީއަށް ވެސް މަރުހަބާ ދަންނަވާ ކަމަށެވެ.
ރައީސް ނަޝީދާއި ރައީސް ޞާލިޙަކީ މީގެ ކުރިން ވަރަށް ގާތް ދެބޭފުޅުންނެވެ. އެ ޒަމާންވީ ގުޅުން ގޯސްވެގެން ދިޔައީ މި ވެރިކަމުގެ ވަކި ހިސާބަކުން ރައީސް ނަޝީދު ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވެގެން އެކަން ރައީސަށް ހުށަހެޅުއްވުމުން ރައީސް އެ ފުރުސަތު ނުދެއްވި ހިސާބުންނެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބު އަންނަން ނުހަނު ކައިރިވެފައިވަނިކޮށް ރައީސް ނަޝީދު ވަނީ އެމްޑީޕީން ވަކިވެ ވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި ވަކި ޕާޓީއެއް އުފައްދަވާފައެވެ. އަދި އެ ޕާޓީން ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ކެނޑިޑޭޓު ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރައްވާ ތިން ވަނަ ހޯއްދަވާފައެވެ.
އެމްޑީޕީ ދެބައި ވުމަކީ މި ފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ރައީސް ޞާލިޙަށް ކުރިމަތިވެ ވަޑައިގެންނެވި އެންމެ ބޮޑުއެއް ގޮންޖެހުމެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއެކު ވާދަކުރައްވާ އިންތިހާބީ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވީ، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް، އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.