13 May 2012, 16:16
ސިފައިންނާއި ފުލުހުންނަށް ތުނބުޅި ބެހެއްޓޭ ގޮތަށް ގަވާއިދަށް އިސްލާހު ގެނަން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅުއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ސައިހް ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ތެރެއިން ގިނަ ބަޔަކު ތުބުޅި ނުބެހެއްޓޭ މައްސަލައިގައި އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހައްލެއް ހޯދައިދިނުމުގެ މަސައްކަތް އަންނަ ހަފްތާގައި މިނިސްޓްރީން ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަކަށް އުޅުމުގެ ހައްގު ގާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ވަނީ ލިބިދީފައި. އެހެންވެ ތުބުޅި ބަހައްޓަން ބޭނުންވާ ބަޔަކަށް އެކަންތައް ކުރެވެންވާނެ،" ޝަހީމް ވިދާޅުވި އެވެ.
ރާއްޖޭގައި ދީނީ އިލްމުވެރިން ގިނަ އަދާލަތު ޕާޓީގެ ސްޕޯކްޕާސަންގެ މަގާމުގައި ވެސް ހުންނެވި ޝަހީމް ވިދާޅުވީ ތުބުޅީގެ މައްސަލައިގައި ސިފައިންނާއި ފުލުހުންގެ ގަވާއިދަށް ގެންނަން ޖެހޭ އިސްލާހު ގެންނެވުމަށް އެމަނިކުފާނު ތާއީދުކުރައްވާ ކަމަށެވެ.
މީގެކުރިން މާފުށީ ޖަލުގައި ސެކިއުރިޓީ ބަލަހައްޓަމުން ގެންދިޔަ ގާޑުންތަކަކަށް ޑީޕީއާރުއެސް އިން އެނގުމާ ގުޅިގެން މާފުށީ ކޯޓުން ވަނީ އެގޮތަށް އަމަލުކުރުމަށް ޑީޕީއާރުއެސްއަށް ނޭނގޭނެ ކަމަށް ބުނެ ހުކުމް ކަނޑައަޅައިފަ އެވެ. ނަމަވެސް އެހުކުމް ފަހުން ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.