13 May 2012, 12:29
ނިއުދިއްލީން: ހުސައިން ހަސަން
އިންޑިއާގެ މިނިވަން ކަމުގެ ބާނީ މަހަތަމާ ގާންދީގެ މަގުބަރާ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިން މިއަދު ވަޑައިގެން ސުކޫތެއް ގެންނަވައިފި އެވެ.
އިންޑިއާގެ ދިއްލީގައި ހުންނަ މަހަތަމާ ގާންދީގެ މަގުބަރާ އަށް މިއަދު ހެނދުނު ވަޑައިގެން ރައީސް ވަހީދު ވަނީ މާބޮނޑިއެއް މަގުބަރާގައި ބާއްވާފަ އެވެ. އަދި އެތަނުގައި މަގުބަރާގެ ކުރިމަތީގައި ސުކޫތެއް ގެންނަވައި، ރައީސް ވަހީދު މާ އުއްކެވި އެވެ. އަރި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒްއާއި ފޮރިން މިނިސްޓަރު ޑރ. އަބްދުއް ސަމަދު އަބްދުﷲ އާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވެސް މަގުބަރާއަށް މާ އުއްކެވި އެވެ.
އިންޑިއާގެ މިނިވަންކަމަށްޓަކައި ހިމޭން އެއްވުންތަކާ އެކު މުސްލިމުންނާއި ހިންދޫންގެ ހައްގުތަކަށް ހޯދުމަށް އަޑު އުފުލައި އިނގިރޭސީންގެ އަތްދަށުން އިންޑިއާ މިނިވަން ކުރުމަށްޓަކައި މަސްކަތް ކުރެއްވި މަހަތަމާ ގާންދީގެ ހަނދާނުގައި އިންޑިއާގައި މަގުބަރާގައި ބާއްވާފައިވާ ފޮތުގައި ރައީސް ވަހީދު ލިޔުއްވައި، ސޮއިކުރެއްވި އެވެ.
ޖެނުއަރީ 30، 1948ގައި އުމުރުން 78 އަހަރުގައި ދުނިޔެ ދޫކުރެއްވި މަހަތަމާ ގާންދީގެ މަގުބަރާއަށް ރައީސް ވަހީދު ވަޑައިގެންނެވުމުން އެމަނިކުފާނަށް މަހަތަމާ ގާންދީގެ ސުޓެޗޫއެއް އެރުވި އެވެ.