28 Sep 2023, 15:28
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ތުއްތު ކުދިންގެ ސިއްހީ ތަރުބިއްޔަތާ ގުޅޭ ޕްރޮގްރާމް އަނެއްކާވެސް ފަށައިފިއެވެ.
މި ޕްރޮގްރާމް ޓްރީޓޮޕުން އަލަށް ފަށައިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ޓްރީ ޓޮޕް ހޮސްޕިތްލުން ބުނީ މިޕްރޮގްރާމުގައި ޖުމްލަ 34 މީހުން ބައިވެރިވެފައިވާ ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނި މި ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ބަލިވެއިނުމާއި ބެލެނިވެރިކަން އަލަށް ފަށައިގަންނަ ފަރާތްތަކަށް ބޭނުންވާ އިލްމާއި ސަޕޯޓް ފޯރުކޮށްދީ މައިންބަފައިންނާއި ތުއްތު ކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ، ދަރިމައިވެ އިނުމުގައި ދިމާވާ އެކިއެކި ކަންތައްތައް ހިއްސާކޮށް ސަޕޯޓިވް ކޮމިއުނިޓީއެއް އުފެއްދުން ކަމަށެވެ.
މި ޕްރޮގްރާމުގައި ތަފާތު އެކި ކަހަލަ ސެޝަންތައް ފުރިހަމަ ކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ގާތުން ކިރުދިނުމާއި، ވިހެއުމާއި، އަލަށް އުފަންވާ ކުދިންނާއި މައިންނަށް ހަމުގެ ފަރުވާ އަދި ވިހެއުމުގެ ކުރިން ކަސްރަތުކުރުމުގެ އިތުރުން ރިހުން މެނޭޖްކުރުމެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި ހިންގުނު ނާޗާ ޕްރޮގްރާމެއްގެ ތެރެއިން--
ޕްރޮގްރާމުގެ ބައިވެރިންނަށް މި ހުރިހާ ސެޝަންތަކެއްވެސް ފޯރުކޮށްދީފައިވަނީ އެ ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ނިއޯނެޓޮލޮޖީ، ޑާމަޓޮލޮޖީ، ފިޒިއޮތެރަޕީ، އަދި ނާސިންގެ ތަޖުރިބާކާރު މެޑިކަލް އެކްސްޕާޓުން ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ޓްރީޓޮޕްއިން ބުނީ މި ޕްރޮގްރާމް ކޮންމެ މަހަކު ވެސް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުގެ ކޮންޓެކްޓް ސެންޓަރު 3351610 އަށް ގުޅައިގެން ނުވަތަ އެކަމަށް ޚާއްސަކޮށްފައިވާފޯމުމެދުވެރިކޮށް ބައިވެރިވެވޭނެއެވެ.