13 May 2012, 12:39
އަވަސް އިންތިހާބެއް ބާއްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އިންޑިޔާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު މަންމޯހަން ސިންހާ އެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޑިމޮކްރަސީ އަށް މަސައްކަތް ކުރެއްވުމަށާއި އަވަސް އިންތިހާބެއް ބާއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި ކަމަށް އިންޑިޔާގެ ދަހިންދޫ ނޫހުން ބުންޏެވެ. ނަމަވެސް އެ އިންތިހާބު ބާއްވާނީ ކޮން އިރަކުން ކަމެއް ރައީސް ވަހީދު ވިދާޅުވި ކަމަކަށް އެ ނޫހަކުން ނުބުނެ އެވެ.
ޑރ. ސިންހު އާއި ޑރ. ވަހީދުގެ ބައްދަލުވުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި ދެ ގައުމުގެ ގުޅުމާ މެދު މަޝްވަރާ ކުރެއްވި ކަމަށާއި ރާއްޖޭގައި ސުލްހައާއި ހަމަޖެހުން އޮތުން އިންޑިޔާ އަށް މުހިއްމު ކަމަށް ސިންގް ވިދާޅުވި ކަމަށް އެ ނޫހުން ބުންޏެވެ.
"ރާއްޖޭގެ ސިޔާސީ ހުރިހާ ފަރާތްތަކުން މަޝްވަރާކޮށްގެން ކުރިއަށް ދެވޭނެ މަގެއް ހޯދާނެ ކަމަށް އުއްމީދުކުރައްވާކަން ބޮޑުވަޒީރު މަންމޯހަން ސިންހު ފާޅުކުރެއްވި އެވެ. އަދި ޑިމޮކްރަސީ އަށް މަސައްކަތް ކުރުމަށާއި އަވަސް އިންތިހާބެއް ބާއްވަން ތައްޔާރަށް ހުންނެވި ކަން ރައީސް ވަހީދު ފާޅުކުރެއްވި އެވެ." ދަ ހިންދޫ ނޫހުގައިވެ އެވެ.
އެ ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ މިހާރުގެ ހާލަތާއި ނެޝަނަލް އިންކުއަރީ ކޮމިޝަނާ ބެހޭ ގޮތުން ރައީސް ޑރ. ވަހީދު ޑރ. ސިންހު އަށް މައުލޫމާތު ދެއްވި ކަމަށް ވެސް އެނޫސް ބުންޏެވެ.
އަވަސް އިންތިހާބެއް ކަމަށް ކުރިން ޑރ. ވަހީދު ވިދާޅުވެފައި ވަނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ބާއްވަން ޖެހޭ މުއްދަތުގެ ތެރޭގައި ބާއްވާ އިންތިހާބެވެ.
ރައީސް ޑރ. ވަހީދު ރާއްޖޭގެ ވެރިކަމަށް ވަޑައިގެން ފަހުން ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިދިޔަ ހުކުރު ދުވަހު އިންޑިޔާ އަށް ވަޑައިގެން އެ ގައުމުގެ ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ރައީސާ ޕްރަތީބާ އާއި ބޮޑު ވަޒީރު މަންމޯހަން ސިންގު އިންޑިއާގެ ހާރިޖީ ވަޒީރާއި އެ ގައުމުގެ ޑިފެންސް އެޑްވައިޒަރާ ރައީސް މިއަދު ބައްދަލު ކުރެއްވި އެވެ. އަދި ރައީސް ވަހީދު ސޯނިޔާ ގާންދީއާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.