13 May 2012, 11:06
ތ. އޮމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑި އަށް މެންބަރަކު ހޮވުމަށް އޮމަދޫ ކައުންސިލްގެ ބައި އިލެކްޝަން އަންނަ މަހުގެ 30ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އޮމަދޫ ކައުންސިލް ގޮނޑިއެއް ހުސްވެފައި ވަނީ އެ ގޮނޑީގައި ކުރިން އިންނެވި އަބްދުﷲ ޒުހުރީ ކައުންސިލް މެންބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އޮމަދޫ ބައި އިލެކްޝަން މިއަދު އިއުލާން ކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 14 ވާ ހޯމަ ދުވަހުން ފެށިގެން މި މަހުގެ 27 ވަނަ ދުހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.
އޮމަދޫ ކައުންސިލުގައި މިހާރު ތިއްބެވީ އެމްޑީޕީ އަށް ނިސްބަތްވެޑައިގަންނަވާ ދެ ކައުންސިލް މެބްބަރުންނާއި އަމިއްލަ ދެ ކައުންސިލް މެންބަރުންނެވެ.
އއ. މަތިވެރި އާއި އދ. ހަންޏާމީދޫ ކައުންސިލް ބައި އިލެކްޝަން ވެސް އަންނަ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.