މާލޭގެ ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އަށް މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން މިއަދު ހިންގި އޮަޕަރޭޝަންގައި ގ. ބްލޫގާޑެންގެ ހަ ވަނަ ބުރި ބަލާ ފާސްކުރުމުގެ ތެރޭގައި އެތަނުގެ ތެރެއިން ހަޝިސްއޮއިލް ކަމަށް ޝައްކުކުރެވޭ 90 ޕީސް އާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި އަށް ރަބަރު ޕެކެޓާއި އެއް ބުލެޓް އަދި ހަޝިސް އޮއިލް އަޅާފައި ހުރި ކަމަށް ބެލެވޭ އެއްދަޅު ފެނިފައިވާ ކަމަށެވެ.

އަދި އެތަނުގެ ތެރެއިން އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުންގެ މައުލޫމާތެއް ފުލުހުން އާންމެއްނުކުރެ އެވެ.