08 Aug 2010, 14:33
19:35
އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފޮނުއްވާފައިވާ އަލްއުސްތާޛު އަހުމަދު ފާއިޒް ހުސެއިންގެ ކިބައިގައި އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރާ މީހެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.
ފާއިޒްގެ ނަންފުޅު ދިރާސާކުރެއްވުމަށްފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފާއިޒުގެ ނަންފުޅު ފޮނުއްވާފައި ވަނީ އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުގެ އެންމެ އިސް ފަރާތް ކަމަށްވާ އުއްތަމަފަނޑިޔާރުގެ މަޤާމަށް އައްޔަން ކުރެއްވުމަށްކަމަށް ވާތީ، އަދި އެފަދަ މަޤާމަކަށް ހުށަހެޅޭ ބޭފުޅެއްގެ ނަންފުޅު މަޖިލީހާ ހަމަޔަށް އައުމުގެ ކުރިން ވެސް އެނަންފުޅަކީ އެކި ފަރާތްތަކުން ސްކްރީން ކުރެވިގެން އައިސްފައިވާ ނަންފުޅަކަށް ވާތީ އާއި، މިގޮތުން އެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުގެ ކުރިން ޤާނޫނީ އެހެން މުއައްސަސާއެއް ކަމަށްވާ ޖުޑިޝަލް ސާވިސް ކޮމިޝަންގެ މަޝްވަރާ ހޯއްދަވާފައިވާތީ އަދި މިއީ ހާއްސަ ހާލަތެއް ކަމަށް ބަލައި މަޖުލިހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ ވގައި ބަޔާންކޮށްފައިވާ އިންޓަވިއުކުރުމުގެ މަރުހަލާ ފުރިހަމަނުކުރުމަށް އިއްޔެ އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 11 މެންބަރުންގެ އިއްތިފާގުން ނިންމެވީ ކަމަށެވެ.