12 May 2012, 18:54
ދިރާގު ދިވެހި ލީގުގައި މާޒިޔާ އާއި ވިޔަންސާ ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
މި މެޗުގައި މާޒިޔާގެ ލަނޑު ޖެހީ ފުރަތަމަ ހާފުގައި އަހުމަދު ރަޝީދެވެ. އޭނާ އަކީ މެޗުގެ މޮޅު ކުޅުންތެރިޔާ އެވެ. އަދި އޭނާ އާއި މާޒިޔާގެ އަސަދުﷲ އަބުދުﷲ އަށް ވަނީ ހުސް ދެ ފުރުސަތު ލިބި ބޭކާރުވެފަ އެވެ. މި ދެ ބޯޅަ ވެސް ދިފާއު ކުރީ ވިޔަންސާގެ ގާނާ ކީޕަރު އެލެގްޒެންޑާ އޮސޭއީ އެވެ.
ވިޔަންސާގެ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔާ ހައިދަރު އަކުރަމެވެ.
މި މެޗު އެއްވަރުވުމުން ހަތަރު މެޗުން މާޒިޔާ އަށް ލިބެނީ 7 ޕޮއިންޓެވެ. ވިޔަންސާ އަށް 2 ޕޮއިންޓެވެ. ލީގުގައި މާދަމާ ކުޅޭނީ ވިކްޓަރީ އާއި އޭވައިއެލް އެވެ.