މި ހަފުތާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ބުރާސްފަތި ދުވަސް ބަންދު ކުރަނީ މިއަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އެ ދުވަސް ހިމަނާފައިވާތީ ކަމަށެވެ.

ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ކުރިއިރު އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ފަހު ވެސް ޖެހިގެން އައި ދެ ދުވަހު ސަރުކާރު ވަނީ ބަންދު ކޮށްފައެވެ.