24 Sep 2023, 08:53
ޕްރޮޑިއުސަރު ރޯހިތު ޝެޓީ އުފައްދާ ކޮޕް އެކްޝަން ޑްރާމާ ސީރީސް "އިންޑިއަން ޕޮލިސް ފޯސް"ގެ ޓީމާ ޓެލެވިޒަން ބަތަލާ ޝުވެތާ ތިވާރީ ގުޅިއްޖެއެވެ.
ޝުވެތާ މި ވެބް ސީރީސްއާ ގުޅުނުކަން ބަތަލާ ވަނީ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް އާއްމުންނާ ހިއްސާކޮށްފައެވެ. ޑައިރެކްޓަރު ރޯހިތު ޝެޓީއާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރުމާއެކު ގިނަ ބަޔަކު ވަނީ ޝުވެތާ އަނެއްކާ ފިލްމު "ސިންގްހަމް"އަށް ސޮއިކުރީތޯ ވެސް އަހައިފައެވެ.
އެމޭޒަން ޕްރައިމްގައި ސްޓްރީމް ކުރަން ތައްޔާރުވަމުން އަންނަ ވެބް ސީރީސް "އިންޑިއަން ފޯސް"އަކީ ޖުމްލަ އަށް އެޕިސޯޑުގެ މައްޗަށް އުފައްދާ ސީރީސް އެކެވެ. މި ވެބް ސީރީސްގެ މައިގަނޑު ރޯލްތަކުން ފެންނާނެ ތަރިންގެ ތެރޭ ސިދާތު މަލްހޯތުރާ، ވިވެކް އޮބްރޯއި، ނިކިތިން ދީރު، ޝަރަދު ކެލްކަރު، ބަތަލާ ޝިލްޕާ ޝެޓީ، ދިޕިކާ ޕަދުކޯން އަދި އިޝާ ތަލްވާރު ހިމެނެއެވެ. ރޯހިތު ޝެޓީ ޕްރޮޑިއުސަރެއްގެ ރޯލް ވެސް އަދާ ކުރާ މި ވެބް ސީރީސްއަކީ، ރޯހިތު ޝެޓީގެ އަމިއްލަ ފިލްމު ކުންފުންޏާއި ރިލަޔަންސް އެންޓަޓެއިންމަންޓްއާ ގުޅިގެން ގެނެސްދޭ ވެބް ސީރީސްއެކެވެ.
ޓެލެވިޒަން ދުނިޔޭގައި ވިދާލި ބަތަލާ ޝުވޭތާ ތިވާރީއަކީ ޓީވީ ސީރީސް "ކަސޯޓީ ޒިންދަގީ ކޭ" އަދި "ޕަރުވަރިޝް"ފަދަ ސީރީސްއިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަރާތެކެވެ. ބައެއް ފިލްމުތަކުން ވެސް ބަތަލާ ޝުވެތާ ފެނިފައި ވާއިރު އެންމެ ފަހުން ޝުވެތާ ކުޅެފައި ވަނީ ޒީ ޓީވީއިން ގެނެސްދިން "މޭން ހޫން އަޕަރަޖިތާ" ކިޔާ ސީރީސް އަކުންނެވެ.
ޝުވޭތާ އަކީ ކަލަސް ޓީވީ އިން ގެނެސްދެމުން އަންނަ ދުވަސްވީ ރިއަލިޓީ ޝޯވް 'ބިގް ބޮސް 14' ކާމިޔާބުކޮށް މި ރިއަލިޓީ ޝޯވް ކާމިޔާބު ކުރި ފުރަތަމަ އަންހެން ބައިވެރިޔާއެވެ. ޝްވެތާ ތިވާރީ ފިލްމުތަކުގައި މަސައްކަތް ކުރަން ފަށާފަވާއިރު ޝްވޭތާގެ ދަރިފުޅު ޕަލަކް ތިވާރީ ވެސް ވަނީ ފިލްމީ ދާއިރާއަށް ނުކުމެފައެވެ.