20 Sep 2023, 16:52
އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
އިސްލާހުކުރެވުނު ގަވާއިދުގައި ވާ ގޮތުން މި އުޅަނދުތައް ރަޖިސްޓަރީ ކުރާކަށް މިހާރު ގަރާޖު ސިޓީ ބޭނުމެއް ނުވާނެއެވެ. ނަމަވެސް އެހެން ހުރިހާ ވެހިކަލެއް ރަޖިސްޓްރީ ކޮށްދޭނީ އެ އުޅަނދު ބާއްވާނެ ގަރާޖެއް ހަމަޖެހިފައި އޮތް ކަމުގެ ލިޔުން ހުށަހެޅުމުންނެވެ.
މި ލިޔުންތަކުގެ ތެރޭގައި ހިމެނެނީ ގަރާޖެއްގައި އުޅަނދު ބޭއްވުމާ މެދު އެ ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމާއި، ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑުގެ ކޮޕީގެ އިތުރުން އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީ ކޮށްފައިވާ ގަރާޖެއްކަން އެނގޭ ލިޔުންތަކެވެ.
ނަމަވެސް ކުރިން މި އުޅަނދުތައް ރަޖިސްޓަރީ ކުރުމަށް ބޭނުންވާނީ ގަރާޖު ހުއްދަ ނުވަތަ ގަރާޖު ސިޓީ އެކަންޏެވެ.
މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ދެ ފުރޮޅުލީ އުޅަނދާއި، ތިން ފުރޮޅުލީ އުޅަނދާއި، ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓާރީ ކުރަން ހުށަހަޅާއިރު، ގަރާޖު ހުއްދަ ހުށަހަޅާކަށް ނުޖެހޭނެއެވެ.
ނަމަވެސް އާންމު ދަތުރުފަތުރުގައި ޓެކްސީގެ ޚިދުމަތް ދިނުމަށް އުޅަނދު ރަޖިސްޓަރީ ކުރެވޭނީ ފީގެ ގޮތުގައި 10،000 ރުފިޔާ މިނިސްޓްރީއަށް ދެއްކުމުންނެވެ.
އެކިއެކި މަޝްރޫތައް ހިންގުމަށް ރާއްޖެ ގެންނަ އުލަނދުތަކުގެ ރަޖިސްޓްރޭޝަނަށްވެސް 15،000 ރުފިޔާ ނަގާނެ ކަމަށްވެސް އާ ގަވާއިދުގައި ވެއެވެ.