11 May 2012, 22:04
ނިއު ދިއްލީން ހުސައިން ހަސަން
އިން ޑިއާއިން ރާއްޖޭގެ ދާހިލީ ކަންތައްތަކާ ބެހެން މަސައްކަތް ނުކުރާ ކަމަށް ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދު އަޒީރު ސޫފުޒް ވިދާޅުވެެއްޖެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށް ކުރިއަށް ގެންދާ އޯލްޕާޓީ ޓޯކްސްގައި އިންޑިއާގެ ފޮރިން ސެކަރެޓަރީ ރަންޖަން މަތާއީ ބައިވެރިވެވަޑައިގެންނެވި މައްސަލާގައި ސިޔާސީ ޕާޓީތަކުން އިންޑިއާއަށް އެކި ތުހުމަތުތަކެއް ކުރެއްވި މައްސަލާގައި ވާހަކަފުޅު ދައްކަވަމުން އަޒީރު ވިދާޅުވީ އިންޑިއާއިން އެއްވެސް އިރެއްގައި ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ވަނުމަށް މަސައްކަތް ނުކުރާ ކަމަށެވެ. އަދި އޯލްޕާޓީ ޓޯކްސްގައި ރަންޖަން މަތީއީ ދެއްކެވި ވާހަކަފުޅެއް ދެއްކެެވީ ސިޔާސީ ޕާޓީތަކާ ވާހަކަދައްކައިގެން ސިޔާސީ ޕާޓީތަކުން ނުކުތް ވާހަކަތަކުގެ މައްޗަށް ބުރަވެވަޑައިގެން ދެއްކެވި ވާހަކަފުޅު ތަކެއް ކަމަށެވެ. އަދި ވިދާޅުވީ އެއީ ރާއްޖޭގެ ކަންތައްތަކުގެ ތެރެއަށް އިންޑިއާއިން އަމިއްލަ ބަސް ކިއުން ނޫން ކަމަށެވެ.
އަޒީރު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއާ އެންމެ ގުޅުން ބޮޑު ގައުމަށް ހަދަންޖެހޭ ކަމަށާއި ސަބަބަކީ އެ ގައުމަކީ ރާއްޖެއަށް ދިމާވާ އެކި ދަނޑިވަޅުތަކުގައި އެހީތެރިވެދޭ ފަރާތްކަމަށެވެ. އަދި ވިދާޅުވީ އެގައުމަކީ އެންމެ ބޮޑު ޑިމޮކްރަސީ އޮތް ގައުމު ކަމަށްވެފައި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ގޮނޑި ކަށަވަރުވެގެންދާ ގައުމަކީ އިންޑިއާއަށް ވެފައި އެގައުމާ ގާތް ގުޅުމެއް ބޭއްވުމަކީ ކިތަންމެހާވެސް މުހިއްމު ކަމެއް ކަމަށެވެ.
އިންޑިއާގެ ބޮޑު ވަޒީރު މަންމޯހަން ސިންްގުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިންޑިއާއަށް މިއަދު ފެއްޓެވި ދަތުރު ފުޅުގައި އިންޑިއާގެ ނިއުދިންލީ، އިންދިރާގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ މިނިސްޓާ ސްޓޭޓް ފޯ އެކްސްޓާނަލް އެފެއާޒް އެވެ. ފަސް ދުވަހަށް އިންޑިއާއަށް ރައީސް ވަހީދުގެ ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު އަރިހުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަ އެވެ.